ދިވެހިރާއްޖެ
އޮގަސްޓު 2024 ގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހަށް އެޕްލައިކުރުން 08 ޖުލައި 2024 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 އިން ފެށިގެން 25 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށެވެ. މި ކޯހާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް
1- ސެޓްފިކެޓް 4 ފައުންޑޭޝަން (ބިޒްނެސް) ޓަރގެޓިން: ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ (އެކައުންޓިންގ/އޮކޮނޮމިކްސް/ބިޒްނެސް/މެތަމެޓިކްސް) – ފުލްޓައިމް – މާލެ
2- ސެޓްފިކެޓް 4 ފައުންޑޭޝަން (ސައިންސް) ޓަރގެޓިން: ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ (ބައޮލޮޖީ/ކެމިސްޓްރީ/ފިޒިކްސް/މެތަމެޓިކްސް) – ފުލްޓައިމް - މާލެ
ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:
Additional course announcement - 2024 Term 2
02 މުޙައްރަމް 1446