މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
ދިވެހިރާއްޖެ
ބީލަންވެރިންގެ ދަފްތަރު އެކުލަވާލުމާ ގުޅޭ

                                   އިޢުލާން

ބީލަންވެރިންގެ ދަފްތަރު އެކުލަވާލުމާ ގުޅޭ

ދައުލަތުގެ މާލިއްޔަތު ޤަވާއިދު ނަންބަރ: 2023/R-158 ގެ 10.19 ("ޝޮޕިންގ" އުޞޫލުން ތަކެތި ގަތުން ނުވަތަ ޚިދުމަތް ހޯދުން) މި މާއްދާގެ ދަށުން  ކުރިއަށް ގެންދަންޖެހޭ ޕްރޮކިއުމަންޓްތަކަށް ކޯޓޭޝަން ހުށަހެޅުމަށާއި މާލިއްޔަތުގެ ގަވައިދުގެ 10.18 އަދި 10.20 ގެ ދަށުން ޢާއްމުކޮށް އިޢުލާނު ނުކޮށް، ބީލަންވެރިންގެ ފަރާތުން ކޯޓޭޝަން ހޯދައިގެން، ކުރަންޖެހޭ މަސައްކަތްތަކާއި ހޯދަންޖެހޭ ޚިދުމަތްތައް މި މިނިސްޓްރީއަށް ހޯދުމަށްޓަކައި ވެންޑަރ ރަޖިސްޓްރީކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ވެންޑަރ ރަޖިސްޓްރީގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން މި އިޢުލާނުގައިވާ އޮންލައިން ފޯމް ("ވެންޑަރ ރަޖިސްޓްރީ ފޯމް") ފުރިހަމަކުރެއްވުމަށްފަހު، ފޯމްގައި ބަޔާންކުރާ ލިޔުންތަކާއެކު ތިރީގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

https://forms.gle/ABHQ7gjaEpVHZ4Tq7

08 ޖުލައި 2024
ހޯދާ