ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއަރކޮންޑިޝަން އަދި ރެފްރިޖަރޭޝަން ސާރވިސް ކުރައްވަމުން ގެންދަވާ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމެއް ހިންގުމާއި ބެހޭ

 

02 މުޙައްރަމް 1446

08 ޖުލައި 2024

ނަންބަރު: 418/418/2024/33(IUL)

އިޢުލާން

 

އެއަރކޮންޑިޝަން އަދި ރެފްރިޖަރޭޝަން ސާރވިސް ކުރައްވަމުން ގެންދަވާ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމެއް ހިންގުމާއި ބެހޭ:

ރެފްރިޖެރޭޝަން އަދި އެއަރ ކޮންޑިޝަނިންގ އާލާތްތައް ފިނިކުރުމަށްޓަކައި ބޭނުންކުރާ ގޭހެއް ކަމަށްވާ ހައިޑްރޯފްލޯރޯކަރބަންސް (އެޗް.އެފް.ސީ) ދިވެހިރާއްޖޭގައި ބޭނުންކުރާ މިންވަރު މަދުކުރުމަށް މިއަހަރު 2024 ވަނަ އަހަރު މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ދިވެހިރާއްޖޭގައި މިމާއްދާ ބޭނުންކުރާ މިންވަރު 2045 ވަނަ އަހަރުގެ ނިޔަލަށް 80% ދައްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، މިމާއްދާގެ ބަދަލުގައި މިހާރު ބޭނުންކުރާ ބައެއް މާއްދާތަކަކީ އަލިފާން ރޯވާ ގޭސްތަކެއް ކަމަށްވާތީ، އެއަރކޮންޑިޝަނިންގ އަދި ރެފްރިޖަރޭޝަން ސާރވިސް ހަރުދަނާ އުސޫލުތަކެއްގެ މަތިން ކުރިޔަށް ގެންދިއުމަށްޓަކައި، އެއަރކޮންޑިޝަން އަދި ރެފްރިޖަރޭޝަން ސާރވިސް ކުރައްވަމުން ގެންދަވާ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ރައްރަށުގައި ހިންގުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރި އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމެންޓް އެންޑް އެނަރޖީ އިން އަންގަވާފައިވެއެވެ.

ހަމައެހެންމެ، ދިވެހިރާއްޖޭގައި ޚިދުމަތް ފޯރުކޮށްދޭ ވޯކްޝޮޕްތަކާއި ޓެކްނީޝަނުން ރަޖިސްޓްރީ ކުރުމުގެ ޕްރޮގްރާމެއްވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ މިނިސްޓްރީން އަންގަވާފައި ވެއެވެ. އަދި ކުރިން ދެންނެވުނު ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ދަތުރު އަދި ހުރުމުގެ ޚަރަދު މިނިސްޓްރީން ހަމަޖައްސަވައި ދެއްވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ. 

ވީމާ މި ޕްރޮގްރާމްތަކުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމް ތިރީގައިވާ ދެ ލިންކް މެދުވެރިކޮށް ނުވަތަ މި ކައުންސިލަށް ވަޑައިގެން ، 2024 ޖުލައި 10 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ވާރކްޝޮޕް މަޢުލޫމަތު ފޯމް : https://forms.office.com/r/KqAHYgMaFL

ޓެކްނީޝަނުންގެ މަޢުލޫމާތު ފޯމް: https://forms.office.com/r/kAMfQkJ3wG

08 ޖުލައި 2024
ހޯދާ