ދިވެހިރާއްޖެ
މި އޮފީހުގައި ގްރެޖުއޭޓް ޓްރެއިނީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ދާއިރާ: ޕަބްލިކް ރިލޭޝަންސް
ޑިޕާޓްމަންޓް: ޕަބްލިކް ރިލޭޝަންސް
ބޭނުންވާ ޢަދަދު: 1
މުއްދަތު: 1 އަހަރު
މަސައްކަތްކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)
ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)
ޝަރުޠު:
ޕަބްލިކް ރިލޭޝަންސް، ކޮމިއުނިކޭޝަންސް ނުވަތަ މަސައްކަތާ ގުޅޭ ރޮނގަކުން ބެޗެލަރސް ޑިގްރީއެއް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7) ހާޞިލްކޮށްފައިވުން.
މުސާރަ:
މުސާރައިގެ ގޮތުގައި 12,000.00ރ - 14,000.00ރ އާ ދެމެދުގެ ޢަދަދެއް ދެވޭނެއެވެ.
މަސްއޫލިއްޔަތުތައް:
ގްރެޖުއޭޓް ޓްރެއިނީގެ މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއެކު ޝާއިޢުކޮށްފައިވާނެއެވެ.
އެޕްލިކޭޝަން ހުށަހަޅާނެ ގޮތް:
ގްރެޖުއޭޓް ޓްރެއިނީއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންވާނީ މި އޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށެވެ. ޕެންޝަން ޕޯޓަލްގެ ލިންކު: jobs.pension.gov.mv
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
-
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސަނަދުތަކާއި ޓްރާސްކްރިޕްޓްތަކުގެ ކޮޕީ .
-
ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
-
ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
-
ޕޮލިސް ރިޕޯޓު (މުއްދަތު ހަމަނުވާ)
ނޯޓު:
-
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލްކުރުމުގެ އިޚްތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.
-
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
ސުންގަޑި:
ގްރެޖުއޭޓް ޓްރެއިނީއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޖުލައި 2024 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މިއޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.