މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިސްއެބިލިޓީ އެސެސްމަންޓް ކޭމްޕްގައި ބައިވެރިވުމާގުޅޭ

ނަންބަރު: (IUL)320-PRM/320/2024/68

 

އިޢުލާން

 

ޑިސްއެބިލިޓީ އެސެސްމަންޓް ކޭމްޕްގައި ބައިވެރިވުމާގުޅޭ

 

            ތެރަޕީ ސެންޓަރުގެ ފަރާތުން 2024  އޯގަސްޓް 1 ގައި ބ. އޭދަފުށީގައި ޑިސްއެބިލިޓީ އެސެސްމަންޓް ކޭމްޕެއް ބޭއްވުމަށް އެ ސެންޓަރުން ވަނީ ހަމަޖައްސަވާފައެވެ. މި ކޭމްޕުގެ މަޤްސަދަކީ ނަފްސާނީ ނުކުޅެދުންތެރިކަމާއި އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ރަށުގައި ތިބެގެން އެސެސްމަންޓްތައް ހެދޭނެ ގޮތެއް އެ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ. އަދި މިކަމުގެ ސަބަބުން އެންސްޕާގެ އެހީ ހޯދުމަށް ޢާއްމު ފަރާތްތަކަށް ފަސޭހަވެގެން ދާނެކަމަށް ތެރަޕީ ސެންޓަރުން މަޢުލޫމާތު ދެއްވައެވެ.

            މި ކޭމްޕުގައި ސައިކޮލޮޖިކަލް އެސެސްމަންޓް ހެދުމާއި ސްޕީޗް ތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ތެރަޕީ ސެންޓަރުގެ މަޢުލޫމާތު މި އިޢުލާނާއި އެކު ހީރަސްކުރެވިފައި ވާނެއެވެ.

            ވީމާ، މި ކޭމްޕުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2024 ޖުލައި 08 ވަނަ ދުވަހުން ފެށިގެން 2024 ޖުލައި 17 ގެ ނިޔަލަށް (6602559, 6602009, 6602555) ނަންބަރަށް ގުޅައި ނަންނޯޓު ކުރެއްވުން އެދެމެވެ.

            މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

28 ޛުއްޙިއްޖާ 1445

04 ޖުލައި 2024
ހޯދާ