ދިވެހިރާއްޖެ
ނަންބަރު: HMH | IUL | 2024 |101
ވަޒީފާގެ ފުރުޞަތު
މަޤާމު |
ފްލެބްޓޮމިސްޓް |
މަޤާމް ގެ ގިންތި |
ދާއިމީ |
މަޤާމުގެ ރޭންކް |
ޕީ.އެސް 3 |
ޑިވިޝަން / ސެކްޝަން |
ލެބޯޓްރީ |
ވަޒީފާ އަދާކުރަންޖެހޭ ތަން |
ހުޅުމާލެ ހޮސްޕިޓަލް، ޖީ.ޕީ ކްލިނިކް |
މުސާރަ: |
މަހަކު 9557/- ރުފިޔާ |
ފިކްސްޑް ޖޮބް އެލެވަންސް: |
މަހަކު -/2867 ރުފިޔާ |
އެޓެންޑެންސް އެލަވަންސް: |
ދުވާލަކު -/78 ރުފިޔާ (ރަސްމީ ދުވަސްތަކުގައި ޑިއުޓީ ކުރުމުން) |
އިތުރު އިނާޔަތްތައް |
1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 2. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
ޑަކްޓަރު ދޫކޮށްފައިވާ ލެބޯރަޓަރީ ރިކުއިޒިޝަން ސްލިޕްގައިވާ ތަހްލީލުތައް ހެދުމަށް ބަލިމީހާގެ ގައިން ލޭ ނެގުމާއި ނަގާ ލޭގެ ސްޕެސިމަން ޓިއުބްތަކަށް އެޅުން. ލޭނެގުމަށް ބޭނުންކުރާ އާލާތްތައް ހުރީ ސްޓްރައިލްކޮށްތޯ ކަށަވަރުކުރުން ލެބޯރަޓަރީ ރިކުއެސްޓް ފޯރމްތަކާއި ސާމްޕަލްތަކާއި ދިމާވޭތޯ ބެލުން ކަނޑައެޅިފައިވާ މިންގަނޑުތަކާއި އުސޫލްތަކުގެ ތެރެއިން ބޭނުންކޮށްފައިވާ ތޫނު އާލާތްތައް ނައްތާލުން ވަގުތު ކަނޑައެޅިފައިވާ ތަހުލީލުތަކަށް ކަނޑައެޅިފައިވާ މިންގަނޑުތަކާއި އުސޫލުތަކާއި އެއްގޮތަށް ސްޕެސިމަން ބަލައިގަތުން ބަލިމީހުންނަށް ރިޕޯޓުދޫކުރުން ބަލިމީހުންގެ ސުވާލުތަކަށް ޖަވާބުދާރީވުން ސްޓޮކް ބެލެހެއްޓުމުގައި އެހީތެރިވުން ސްޕެސިމަންތައް ލޭނަގާ ތަނަކުން ރައްކާތެރިކަމާއި އެކީ ލެބޯރަޓަރީއަށް ގެންދިޔުން ސާމްޕަލް ނެގުމުގެ ޕްރޮސީޖަރ ހިނގާނެގޮތުގެ މައުލޫމާތު ބަލިމީހުންނަށް ދިނުން ލެބޯރަޓަރީ ޑިޕާޓްމެންޓްގެ ހެޑްގެ ލަފާގެ ދަށުން ލެބޯރަޓަރީ ޑިޕާޓްމެންޓްގެ އެންމެހައި މަސައްކަތްތަކުގައި އެހީތެރިވުން ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށް ކުރެވޭ އެންމެހާ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން |
މަޤާމުގެ ޝަރުތު |
1- މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން |
މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ދާއިރާތައް |
މެޑިކަލް ލެބޯރެޓަރީ ޓެކްނޯލޮޖީ، މެޑިކަލް ލެބޯރެޓަރީ ސައިންސް، ކްލިނިކަލް ލެބޯރެޓަރީ ސައިންސް، މެޑިކަލް ޓެކްނޯލޮޖީ، މެޑިކަލް ސައިންސް، ބަޔޯމެޑިކަލް ސައިންސް، ކްލިނިކަލް މައިކްރޯ ބަޔޮލޮޖީ، ޑައިގްނޯސްޓިކް މައި ކްރޯ ބަޔޮލޮޖ. |
ހުށަހަޅަންޖެހޭ ލިޔުންތައް |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 ޖުލައި 16 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގގެ 4 ވަނަ ފަންގިފިލާއަށެވެ. މެއިލްކުރައްވާނީ [email protected] އަށެވެ އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ. މިމަޤާމަށްއެދި އެޕްލިކޭޝަން ލިބޭ މިންވަރަށް ބަލާ ކޮންމެ ހަފްތާއަކު އިންޓަރވިއު ކުރިއަށް ގެންދެވޭނެއެވެ. |
ޝޯޓް ލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މަޢުލޫމާތު ސާފުކުރުން |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350118 ނަންބަރު ފޯނަށް ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ. |