ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި އޮފީހުގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިއޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.
މިވަގުތު މިއޮފީހުގައި ހުރި ހުސް މަޤާމުތައް:
މަޤާމުގެ ނަން: ސެކްޝަން: ބޭނުންވާ އަދަދު އަސާސީ މުސާރަ: ސަރވިސް އެލަވަންސް: ޚާއްޞަ އެލަވަންސް: ލިވިންގ އެލަވަންސް: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ ޕޮލިސީ އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް 1 (އެކެއް) -/5،610 ރުފިޔާ -/2,000 ރުފިޔާ 2,524/50 ރުފިޔާ (އަސާސީ މުސާރައިގެ %45) -/2,500 ރުފިޔާ |
މަޤާމުގެ ޝަރުޠު: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
|
މަޤާމުގެ ނަން ސެކްޝަން: ބޭނުންވާ ޢަދަދު އަސާސީ މުސާރަ: ސަރވިސް އެލަވަންސް: ޚާއްޞަ އެލަވަންސް: ލިވިންގ އެލަވަންސް: |
ހިއުމަން ރިސޯސް އޮފިސަރ ހިއުމަން ރިސޯސް އެންޑް ޕަރފޯމަންސް މެނެޖްމަންޓް ސެކްޝަން 1 (އެކެއް) -/5،610 ރުފިޔާ -/2,000 ރުފިޔާ 2,524/50 ރުފިޔާ (އަސާސީ މުސާރައިގެ %45) -/2,500 ރުފިޔާ |
މަޤާމުގެ ޝަރުޠު: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ އުސޫލަށް ގެނެވޭ ބަދަލުތަކާއި ގުޅިގެން، ހަރމިސް ޕްރޮގްރާމުން އެކަންކަން ދުވަހުން ދުވަހަށް އަޕްޑޭޓްކުރުމާއި މުވައްޒަފުންގެ ހާޒިރީއާ ގުޅިގެން ހިންގަންޖެހޭ ސަރވޭތައް ހިންގުމާއި މޮނިޓަރކުރަންޖެހޭ މަސައްކަތްތައްކުރުމާއި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ހިންގުން. |
މަޤާމުގެ ނަން ސެކްޝަން: ބޭނުންވާ ޢަދަދު އަސާސީ މުސާރަ: ސަރވިސް އެލަވަންސް: ޚާއްޞަ އެލަވަންސް: ލިވިންގ އެލަވަންސް: |
އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް ކޯޕަރޭޓް ޑިވެލޮޕްމަންޓް ސެކްރެޓޭރިއެޓް 1 (އެކެއް) -/5020 ރުފިޔާ -/1,500 ރުފިޔާ -/2،259 ރުފިޔާ (އަސާސީ މުސާރައިގެ %45) -/2,500 ރުފިޔާ |
މަޤާމުގެ ޝަރުޠު: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
ޤާނޫނު ނަންބަރު 24/2015 (ސްޕެޝަލް އިކޮނޮމިކް ޒޯންގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ "ބޯޑު އޮފް އިންވެސްމަންޓްސް"ގެ ސެކްރެޓޭރިއަޓްގެ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ސަރުކާރުގެ އޮފީސްތަކުން ހިންގުމަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ހުއްދަ ދިނުމާގުޅޭ ގޮތުންނާއި އެ މަޝްރޫޢުތައް ހިނގާނުހިނގާ ގޮތާއި އެ މަޝްރޫޢުތަކުގެ މަޢުލޫމާތު މަރުކަޒީ ގޮތުން ބެލެހެއްޓުމާގުޅޭ ގޮތުން ކުރަންޖެހޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ސަރުކާރުން ހިންގާ އަދި ހިންގަން ރާވާ ބޮޑެތި މަޝްރޫޢުތަކާ ގުޅޭގޮތުން، ކަމާބެހޭ ފަރާތްތަކުން ހޯދަންޖެހޭ މަޢުލޫމާތުތައް ހޯދައި، ތައްޔާރުކުރަންޖެހޭ ޕްރޮޖެކްޓް ޑޮކިއުމަންޓްތައް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން. |
މަޤާމުގެ ނަން ސެކްޝަން: ބޭނުންވާ އަދަދު: އަސާސީ މުސާރަ: ސަރވިސް އެލަވަންސް: ޚާއްޞަ އެލަވަންސް: ލިވިންގ އެލަވަންސް؛ |
މަސައްކަތު ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަން 2 (ދޭއް) -/3,100 ރުފިޔާ -/1,000 ރުފިޔާ -/1،395 ރުފިޔާ (އަސާސީ މުސާރައިގެ %45) -/2,500 ރުފިޔާ |
މަޤާމުގެ ޝަރުޠު: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: | ހައުސްކީޕިންގ އާއި މެއިންޓެނެންސް މަސައްކަތްތައް |
މި މަޤާމުތަކަށް ޝަރުޠު ފުރިހަމަވާ މީހުން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު، 27 މޭ 2015 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، މިއޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. މިމަޤާމުތަކަށް އިންޓަރވިއު ކުރެވޭނީ، މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ. އަދި އިންޓަރވިއުއަށް ޝޯޓް ލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، މަޤާމަށް ހޮވިފައިނުވާކަމުގެ ސިޓީ ނުފޮނުވޭނެކަމުގައިވެސް ދެންނެވީމެވެ.
"ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މިއޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިއޮފީހުގެ ރިސެޕްޝަން ކައުންޓަރުންވެސް ފޯމު ލިބެންހުންނާނެއެވެ. މިއޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ.
03 ޝަޢުބާން 1436