އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.މާމިގިލީ ވޮލީކޯޓް މަރާމާތުކުރުން

ރަސްމީ ވޮލީކޯޓުގެ ޓާރފްއަޅާފައިވާ ސަރަޙައްދުގައި ހެދިފައިވާ އަޑިގުޑަންތައް ފިލުވައި، ޓާރފްގެ ވަށައިގެން އަޅާފައިވާ ބޯޑަރ ނަގައި ޓާފްގެ އަރިމަތި ތަތްކުރުމާއި ، ޓާރފްއަޅާފައިވާ އޭރިޔާއިން ނެއްޓިފައިވާ ތަންތަން ތަތްކުރުމުގެ އިތުރުން ރެފްރީޕޯސްޓް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2024 ޖުލައި 08 ވާ ހޯމަ ދުވަހުގެ 13:00 އަށް އދ.މާމިގިލީ ކައުންސިލަށް ވަޑައިގަތުމަށް ދަޢުވަތުއަރުވަމެވެ. އަދި ކޯޓޭޝަން ހުށައެޅުއްވުމުގެފުރުޞަތު އޮންނާނީ މަޢުލޫމާތު ސާފުކުރުމަށް ބާއްވާ ސެޝެނުގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ.

ވީމާ ، މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2024 ޖުލައި 09 ވަނަދުވަހުގެ 12:00 ގެ ކުރީން ކޯޓޭޝަން ހުށައެޅުއްވުމަށް ދައުވަތުއަރުވަމެވެ. ކޯޓޭޝަން ހުށައަޅުއްވާނީ [email protected] އަށެވެ. އިތުރު މައުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އިދާރާގެ ކައުންސިލް އެގްޒެކެޓިވް އަޙްމަދު ސާމިރު 7711722 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ . 

03 ޖުލައި 2024
ހޯދާ