ދިވެހިރާއްޖެ
ހދ.އަތޮޅު ކައުންސިލްގެ ފަރާތުން ހދ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ " ތިލަދެކުނު ފުޓްބޯޅަ މުބާރާތް 2024 " މިއަހަރު ސެޕްޓެމްބަރ މަހު ބޭއްވުމަށްޓަކައި، މިމުބާރާތް ހޯސްޓުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
1- މިފުރުޞަތު ހުޅުވާލެވިފައިވަނީ، ރަޖިސްޓްރީކޮށްގެން ހދ. އަތޮޅުގައި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ ކްލަބް އަދި ޖަމްޢިއްޔާތަކަށެވެ.
2- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ 3 ޖުލައި 2024 ން ފެށިގެން 11 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 އާއި ހަމަޔަށް އޮންލައިން ކޮށެވެ. ރަޖިސްޓްރީވުމަށް https://www.haadhaal.gov.mv/bid-register ބޭނުން ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރ ވެވަޑައިގަތުމުން ބީލަމާގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
3- ބީލަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާ ނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6521702 އާ ފޯނުން ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
4- މި އިޢުލާނާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަން އޮންނާނީ 8 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި ހދ.އަތޮޅު ކައުންސިލް އިދާރާގައެވެ.
5- ޕްރޮޕޯސަލްތައް ހުށަހެޅުން އޮންނާނީ 15 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ ހޯސްޓް ކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލްތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
6- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާ
އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ
ފޯން: 6528801 ، 6521702