ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
ތިރީގައި މިދަންނަވާ މަސައްކަތްތަށް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މަސައްކަތުގެ މަޢުލޫމާތު
1 |
ޕާރކް ތެރެއަށް 6 އިންޗި އަށް ދޮންވެލި އެޅުން ( 238 އަކަފޫޓް ) |
2 |
ޕާރކްގެ އުދޯލި ހުރި ސަރަހައްދު ވަށައިގެން 10 އިންޗް އުސްމިނަށް ފާރެއް ރޭނުމާއި ފާރުގެ ދެފަރާތުގައި ސިމެންޓް ޖެހުމާއި ކުލަލުން ( ފާރުގެ ދިގުމިން 30 ފޫޓް) |
3 |
ކާޕެޓް ހަލާކުވެފައިވާ ތަންތަނުގެ ކާޕެޓް ބަދަލުކުރުން (މިކައުންސިލްގެ ފަރާތުން ކާޕެޓް ފޯރުކޮށްދެވޭނެ ) |
ވީމާ، މި ކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާފަރާތްތަކުން 04 ޖުލައި 2024 ވަނަ ދުވަހުގެ 11:00 އަށް ކައުންސިލްގެ އިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި މިމަސައްކަތާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެ ލައްވާނަމަ 6820020 ނަންބަރު ފޯނާއި ގުޅުންވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.