އިސްކަންދަރު ސްކޫލް
ދިވެހިރާއްޖެ
ޔުނީފޯމާއެކު ބޭނުންކުރުމަށް ހަމަޖެހިފައިވާ ޓައީ ތައްޔާރުކޮށް ވިއްކައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

2016 ވަނަ އަހަރު މި ސްކޫލުގެ ދަރިވަރުން ބޭނުންކުރާ ޔުނީފޯމާއެކު ބޭނުންކުރުމަށް ހަމަޖެހިފައިވާ ޓައީ ސްކޫލުން ދޭ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށް ވިއްކައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 މޭ 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ޖޫން 2015 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

2016 ވަނައަހަރު މި ސްކޫލުގެ ޔުނީފޯމާއެކު ބޭނުންކުރާ ޓައީ ތައްޔާރުކޮށް ވިއްކައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މި ސްކޫލުން ކުރެވުނު ނަންބަރު IS/B/2015/15ފ(11 އެޕްރީލް 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

29 ރަޖަބު 1436

18 މޭ 2015
ހޯދާ