މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެދުރުވެހި މަރާމާތުމަސައްކަތް
އެދުރުވެހި މަރާމާތު ކުރުމާއި ކުލަލުމުގެ މަސައްކަތް
- އެދުރުވެހި މަރާމާތުކުރުމަށް ބޭނުން ވެގެން 04 ޖޫން 2024 ގައި ކުރި ނަންބަރު 22-TF/22/2024/199 އިއުލާން ގެ ބީ.އޯ.ކިއު އަށް ބަދަލު ގެނެވިފައިވުމާއެކު އެ އިއުލާނާ ގުޅިގެން ހުށަހެޅި ބީލަންތައް ބާތިލުކޮށް، އެ މަސައްކަތަށް އަލުން ބީލަން ހުށަހެޅުމަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުން 04 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އެދުރުހިޔާ، 9 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.
- މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2024 ޖުލައި 01 އިން 04 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް "ބިޑް ރެޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ބިޑް ރަޖިސްޓްރީ ފޯމު ގެ ލިންކް : https://forms.gle/m8hZkdCFR3qfuP4R6
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން -/6000 (ހަހާސް) ރުފިޔާ ގެ ބިޑް ސެކިއުރިޓީ އެއް ހުށަހަޅަން ވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ، ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ، 09 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގައެވެ.
- މި މަސައްކަތާ ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗްކޮށްފައި ވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- · ތައުލީމީ ފަންޑުގެ އިދާރާ/ މިނިސްޓްރީ އޮފް އެޑިޔުކޭޝަން
- އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ، ފަޅުމަތީ މަގު، މާލެ، ދިވެހިރާއްޖެ.
- ފޯން: 3341193 ,3341194
- އީ-މެއިލް: [email protected]
- ކޮޕީ އީ-މެއިލް: [email protected]
25 ޛުލްޙިއްޖާ 1445
02 ޖުލައި 2024
02 ޖުލައި 2024
ހޯދާ