ދިވެހިރާއްޖެ
އިޢުލާން
ފ.ފީއަލީ ކުނިކޮށި އަދި ގަބުރުސްތާން 6 މަސްދުވަހަށް ( 31 ޑިސެމްބަރ 2024 ގެ ނިޔަލަށް ) ކޮންޓްރެކްޓް އުސޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
ފ.ފީއަލީ ކުނިކޮށި އަދި ގަބުރުސްތާނު ކޮންޓްރެކްޓް އުސޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)370-ESMS SC/370/2024/10 އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ އަގު މި މަސައްކަތައް ކަނޑައެޅިފައިވާ ބަޖެޓަށް ވުރެބޮޑުވާތީ އެ އިއުލާން ބާޠިލްކޮށް އަލުން މިކަމަށް ސައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން ދީފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް ކޮންޓްރެކްޓް އުސޫލުން މަތީގައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވިމާ ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މި މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފީއަލީ ކައުންސިލް އިދާރަގައި ރަޖިސްޓްރީ ވާންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް ޚާޞަކުރެވިފައިވާ ފޯމް ފުރިހަމަ ކުރުމަށް ފަހު މި އިދާރާގެ ކައުންޓަރަށް ހުށަހަޅަންވާނެއެވެ. ނުވަތަ މި އިދާރާގެ އީމެއިލް [email protected] ށް މެއިލް ކުރެވިދާނެއެވެ.
- މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ. އެގޮތުން މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- ބީލަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކޮށް ބީލަމުގައި ރަޖިސްޓްރީކުރަންވާނެއެވެ. ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ 2024 ޖުލައި 08 ވަނަ ދުވަހުގެ 10:45 ގެ ކުރިން މި އިދާރާއަށް ދުރުވެ މަޢުލުމާތު ސާފުކުރަންވާނެއެވެ. ނުވަތަ މި އިދާގެ ނަންބަރު 6740012 ނުވަތަ އީމެއިލް [email protected] ށް ހުށަހަޅަންވާނެއެވެ.
- ބިޑް ހުޅުވުން އޮންނާނީ 11 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންންތައް އަދި މި ބީލަމުގައި މިއިދާރާގައި ރަޖިސްޓްރީ ނުކޮށް ހުށަހަޅާ ބީލަންތައް ބަލައި ނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.
02 ޖުލައި 2024
25 L 1445
ޚާދިމްކުމް
މޫސާ އަޙްމަދު
ފީއަލީ ކައުންސިލްގެ ރައީސް