ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާންތަރި މަދަޙަ މުބާރާތް 1445

މިކައުންސިލުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ "ފާންތަރި" މަދަޙަ މުބާރާތް މިއަހަރުގެ މިނިވަން ދުވާހާއި ގުޅުވައިގެން ބޭއްވުމަށް ވަނީ ނިންމާފައެވެ. މި އަހަރުގެ މުބާރާތް އަމާޒު ކުރެވިފައިވަނީ ރަށުގައި ޤާއިމް ކުރެވިފައިވާ ސަރުކާރުގެ އިދާރާ ތަކާއި،ކުންފުނިތަކުގެ އިތުރުން ކުލަބް ޖަމިއްޔާ ޖަމާއަތްތަކަށެވެ. ނިލަންދޫގެ ރަށްވެހީންގެ ތެރެއިން 2024 ޖަނަވަރީ 01 ގެ ނިޔަލަށް މީލާދީގޮތުން 12 އަހަރު ފުރިފައިވާ ކޮންމެ ރަށްވެއްސަކަށް މުބާރާތުގެ ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން މިމުބާރާތުގައި ބައިވެރިވެވޭނެއެވެ. މިމުބާރާތުގައި ވަނަ ހޮވުމުގައި 3،2،1 ވަނަ މަދަޙަކިޔުންތެރިޔާއާއި، ގުރޫޕް މަދަޙައިގެ ބައިން 1 ވަނަ ގުރޫޕް މަދަޙައާއި، ޅެންވެރިކަމުގެ ބައިން އެންމެ މޮޅު މަދަޙައިގެ އިތުރުން މުޅިމުބާރާތުން 1 ވަނަ ޓީމް ހޮވުމަށް ވަނީ ނިންމާފައެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން، 2024 ޖުލައި 21 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 14:00 އަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޤަވާއިދު މިއިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓް (www.faafnilandhoo.gov.mv) އަދި ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ.

 

25 ޛުލްޙިއްޖާ 1445

02 ޖުލައި 2024

02 ޖުލައި 2024
ހޯދާ