ދިވެހިރާއްޖެ
ގދ. ފިޔޯރީ އަމީނީ މަގުގެ ކޮޅުގައި ހެދިފައިވާ "ހުޓުވަރު ހަޓު" ހުރި ބިން ކުއްޔަށް ދިނުމަށް ކައުންސިލުންކުރި އިޢުލާނާއި ގުޅިގެން ތައްޔާރުކުރެވުނު މައުލޫމާތު ޝީޓުގައި އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ހުރުމާއި ގުޅިގެން ހުށިހެޅި ބިޑތައް ބާޠިލުކޮށް އަލުން އިޢިލާން ކުރަމެވެ. ވީމާ، މި ބިން ކުއްޔަށް ނެގުމަށް ޝައުގުވެރިކަން ހުރި ފަރާތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 8 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ އީމެއިލް އެޑްރެހަށް، ([email protected]) އެއްކަރުދާސް ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯރމް ފުރުއްވުމައްފަހު އީމެއިލް ކޮށްދެއްވުން އެދެމެވެ. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 14 ޖުލައި 2024 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 14 ޖުލައި 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.
ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 15 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
އިތުރު މަޢުލޫމާތު
ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ
ފޯން: 4002625
އީމެއިލް: [email protected]
1 ޖުލައި 2024