ދިވެހިރާއްޖެ
ކުލައާއި ދަވާދު އައުކުރުމުގެ މަސައްކަތުގެ އަންދާސީހިސާބު ހޯދުން
ކުލައާއި ދަވާދު ދިނުމުން މި ސްކޫލުގެ ވަށާފާރާއި އިމާރާތްތަކުގައި ކުލައާއި ދަވާދު ލައިދިނުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މަޢުލޫމާތު ސާފުކުރައްވައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
- މަޢުލޫމާތު ސާފުކުރުން:
25 މޭ 2015 ވާ އާދީއްތަ ދުވަހުގެ 10:30 ގައި ލަންދޫ ސްކޫލުގެ އޮފީސްރޫމުގައި.
- އަންދާސީހިސާބު ހުށަހެޅުން:
28 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ލަންދޫ ސްކޫލުގެ އޮފީސްރޫމުގައި.
- އަންދާސީހިސާބު އިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް:
# |
ޕޮއިންޓްދިނުމުގައި ބެލެވޭނެ ކަންތައް |
ޕޮއިންޓް |
1 |
މަސައްކަތުގެ އަގަށް |
70 |
2 |
މަސައްކަތުގެ މުއްދަތަށް |
10 |
3 |
މާލީ ތަނަވަސްކަމާއި ފަންނީ ޤާބިލުކަމަށް |
10 |
4 |
މަސައްކަތުގެ ތަޖުރިބާއަށް |
10 |
|
ޖުމްލަ: (ސަތޭކަ) |
100 |
އަންދާސީހިސާބު ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅުއްވާ ބޭފުޅުންގެ ކުރިމަތީގައި އަންދާސީހިސާބު ކޮމެޓީގެ މެމްބަރުންގެ ހާޒިރުގައެވެ. އަދި ދެންނެވިފައިވާ ގަޑިއަށް ހާޒިރުވެނުލައްވާ ބޭފުޅުންނަށް މަޢުލޫމާތު ސާފުކޮށްދެވޭކަށް ނޯންނާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި، މަޢުލޫމާތު ސާފުނުކުރައްވާ ބޭފުޅުންގެ އަންދާސީހިސާބުތައް ބަލައިގަނެވެންނޯންނާނެ ވާހަކަ ދަންނަވަމެވެ. އެއް ގުރޫޕަކުން ނުވަތަ އެއް ކޮމްޕެނީއަކުން ދެ އަންދާސީހިސާބު ހުށަހަޅާފައިވާނަމަ އެ ދެ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. ޕެންޑްރައިވް ނުވަތަ ސީ،ޑީ ގެންނަ ފަރާތްތަކަށް އަންދާސީހިސާބުގެ މަޢުލޫމާތު އެރުވޭނީ ސޮފްޓްކޮޕީ ހިލެއެވެ. އަންދާސީހިސާބު މަޢުލޫމާތު ޕެކޭޖެއްގެ ހާޑްކޮޕީ ބޭނުންފުޅުވާނަމަ އަގަކީ -/10 (ދިހައެއް) ރުފިޔާއެވެ.
28 ރަޖަބު 1436