ދިވެހިރާއްޖެ
އިޢުލާން ނަންބަރު: (IUL)386-ESMS/386/2024/44
އިޢުލާން
ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ފަރާތުން ކައުންސިލަށް ދެއްވާ ޢުމްރާ ދަތުރަށް އެދި ނަން ނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލުން
ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ފަރާތުން ކައުންސިލަށް ދެއްވާ ޢުމްރާ ދަތުރަށް އެދި ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ދަތުރު ދިނުމަށް ހަމަޖެހިފައިވަނީ މި ކައުންސިލްގައި ނަން ނޯޓުކުރާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ 4 ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރު ނަގައިގެންނެވެ.
1. ޢުމުރުން 18 ފުރިފައިވާ ފަރާތެއް ކަމުގައިވުން.
2. ރަށުގެ ރަށްވެއްސެއް ކަމުގައިވުން.
3. މީގެ ކުރިން ޙައްޖު އަދި ޢުމްރާ ވެފައިވާ ފަރާތެއް ކަމުގައި ނުވުން.
4. މި ކައުންސިލްގެ ފަރާތުން ޙައްޖު އަދި ޢުމްރާ ގެ ފުރުޞަތެއް ލިބިފައިވާ ފަރާތެއް ކަމުގައި ނުވުން.
ނަން ނޯޓުކުރަން ބޭނުންވާ ފަރާތްތައް 2024 ޖުލައި 18 ގެ ކުރިން ކައުންސިލްގައި ނަން ނޯޓުކުރެއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 ޛުލްޙިއްޖާ 1445
30 ޖޫން 2024
ތައުފީޤް ޢަލީ
ކައުންސިލްގެ ރައީސް