ދިވެހިރާއްޖެ
އިޢުލާން
ތިރީގައިވާ ގޯތި ތަކަކީ ތިނަދޫގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތައް ކަމުގައި ވިޔަސް ، މި ގޯތިތަކުގެ ތެރެއިން ބައެއް ގޯތި ތަކަކީ ގިނަ ދުވަސްތަކެއް ވަންދެން ސާފު ނުކޮށް އިންފާރު ނުރާނާ ވަރަށް ބޮޑަށް ވައުވެފައިވާ ގޯތިތަކެއްކަން ފާހަނގަ ކުރެވެއެވެ. އެހެން ކަމުން އެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް މި ގޯތިތަކުގެ ސަބަބުން އުދަނގޫ ވެގެން މި ކަމުގެ ޝަކުވާ މި ކައުންސިލަށް ކެނޑިނޭޅި ކުރަމުން ގެންދެއެވެ. ވުމާއެކު މި ގޯތިތަކުގެ ވިނަ ނޮޅައި ގޯތި ސާފުކޮށް އިންފާރުރޭނުމަށާއި އަދި އިންފާރު ރާނާފައިހުރި ގޯތިތަކުގެ ވަށައިގެންވާ މަގުތައް ސާފުކުރުމަށް މި ގޯތިތައް ޙަވާލު ކޮށްފައިވާ ފަރާތްތަކަށް އަންގަމެވެ. އަދި މިއަދު 30 ޖޫން 2024 އިން ފެށިގެން 07 ދުވަހުގެ ތެރޭގައި މި ގޯތިތައް ސާފު ނުކޮށްފިނަމަ މި ގޯތިތަކުގެ ވެރިފަރާތްތަކުން މި ގޯތިތައް ވަކިކުރުމުގެ ޢަމަލީ މަސައްކަތްތައް މި ކައުންސިލުން ކުރާނެ ވާހަކަ ވެސް ދަންނަވަމެވެ. މި ދެންނެވި ގޯތިތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.
ބްލޮކް ނަމްބަރ P-09
ގޯތީގެ ނަން |
ބްލޮކް ނަމްބަރ |
ގޯތި ދޫކޮށްފައިވާ ފަރާތުގެ ނަން |
ގޯތި ދޫކޮށްފައިވާ ފަރާތުގެ ދާއިމީ އެޑްރެސް |
ކިޔާ |
P-09/01 |
މިރުޒާ ހަސަން |
ނޫފަޅު/ ގދ. ތިނަދޫ |
އަމާންބްލޫ |
P-09/02 |
އާމިނަތު އަފީފާ |
ސޯސަންގެ / ގދ. ތިނަދޫ |
ދުރޫން |
P-09/03 |
ޔޫސުފް ޔުކީން ނަސްރުﷲ ( ބެލެނިވެރިޔާ ޖީޒާ ހަސަން) |
ނީލުގެ / ގދ. ތިނަދޫ |
- |
P-09/04 |
މުހައްމަދު ހަސަން |
ރެޑްސީ /ގދ. ތިނަދޫ |
- |
P-09/05 |
ހުސައިން އަހުމަދު |
ނޫރަލީ / ގދ. ތިނަދޫ |
ރޯޔަލްލީފް |
P-09/06 |
އަބްދުލް އަޒީޒު ހަސަން |
ލިމޯރިޔާ / ގދ. ތިނަދޫ |
މިހެންވެ، މިކަން އާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.
24 ޛުލްޙިއްޖާ 1445