ދިވެހިރާއްޖެ
މި ރަށުގެ ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރި 2000 އަކަފޫޓްގެ ބިމެއް 15 އަހަރުދުވަހުގެ މުއްދަތަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.
ވީމާ، މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބީލަން ކަރުދާސް ބައްލަވައި ގަތުމަށްފަހު 2024 ޖުލައި 14 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ކަރުދާސް ވިއްކާ އަގަކީ 2,000/-ރ (ދެހާސް ރުފިޔާ) އެވެ. ބީލަން ކަރުދާސް ލިބިވަޑައި ގަންނަވާނީ 2024 ޖުލައި 01 ވާ ހޯމަ ދުވަހުން ފެށިގެން 2024 ޖުލައި 09 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ކައުންސިލްގެ އިދާރާގެ ކައުންޓަރުންނެވެ.
މި އިދާރާގެ ނަންބަރު : (IUL)408-ESMS/408/2023/45 އިއުލާނާ ގުޅިގެން ބިޑު ހުށަހެޅުއްވި ފަރާތްތަކަށް ބީލަން ކަރުދާސް ހިލޭ ލިބިވަޑައިގަންނަވާނެއެވެ.
ބީލަން ކަރުދާސް ވިއްކުން |
01 ޖުލައި 2024 އިން 09 ޖުލައި 2024 އަށް |
ބީލަން ހުޅުވުން |
2024 ޖުލައި 14 ވަނަ ދުވަހުގެ 13:00 ގައި ގއ.މާމެންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި |
މިކަމަށް އެދި ބީލަން ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެހެންފަރާތަކުން ބައިވެރިވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަންވެރިންގެ އެއްހާޒިރުގައެވެ.
މިކަމަށް ދޫކުރާ ބިން އެނގޭނެ ޗާޓެއް މި އިއުލާނާ އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މި ބީލަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6820007 ފޯނަށެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.