ދިވެހިރާއްޖެ
ކޮނޑޭ މަދަރުސާގެ ފަންކާ ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ
ކޮނޑޭ މަދަރުސާއަށް ކޮންމެހެން ބޭނުންވާ މަރާމާތުކުރުމަށް ކުރެވުނު އިޢުލާން ނަންބަރު GS196/IUL/2015/07 އާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ކޮނޑޭ މަދަރުސާގެ ކްލާސްރޫމްތަކުގައި ފަންކާ ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 މޭ 26ވާ އަންގާރަ ދުވަހުގެ 11:30އަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 2ވާ އަންގާރަ ދުވަހުގެ 11:30އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ބޭފުޅުންނަށާއި ގަޑިޖެހިގެން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަވެސް ދެންނެވީމެވެ.
1 ޝަޢުބާން 1436