ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެޓްފިކެޓް 3 - މެރިން މެކޭނިކް ކޯހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން

އިޢުލާން

 

ކޮމިޔުނިޓީ އަޕް ސްކިލިންގ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން:

 

                  މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް އިންފޮމޭޝަން އެންޑް އާޓްސްގެ ފަރާތުން މިކައުންސިލާއި ގުޅިގެން ދ.ކުޑަހުވަދޫގައި، ނޭޝަނަލް ސެޓްފިކެޓް 3 އިން މެރިން މެކޭނިކް ކޯހެއް ހިލޭ ހިންގުމަށްވަނީ ހަމަޖެހިފައެވެ. މިކޯހުގެ މުއްދަތަކީ 4 މަސް ދުވަހެވެ. އަދި މިދެންނެވިކޯސް އަމާޒުކުރެވިފައިވަނީ، ރަށުގައި ދިރިއުޅޭ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްޤީކުރުމާއި ހުނަރުވެރި މަސައްކަތް ދަސްކުރުމަށް ޝައުޤުވެރިކަން ހުރި ޒުވާނުންނަށެވެ.

                ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 ޖުލައި 04 ވަނަ ދުވަހުގެ 11:00 ގެ ކުރިން 7767438 އަށް މެސެޖް ކުރެއްވުން އެދެމެވެ. މިކޯސް ހިންގުމަށް ހަމަޖެހިފައިވަނީ  20 ބައިވެރިން ކޯހުގައި ބައިވެރިވުމުން ކަމުގައި ދަންނަވަމެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

30 ޖޫން 2024
ހޯދާ