ދިވެހިރާއްޖެ
ވީޑިއޯ ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަންގެ ހިލޭ އެހީގައި ދިވެހިރާއްޖެއަށް ތައްޔާރުކުރަމުންދާ "ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް ފޯ ފްރުޓްސް އެންޑް ވެޖިޓަބަލްސް" (ދަނޑުވެރިކަމުގެ ރަނގަޅު އާދަތައް) ސްކީމާ ގުޅޭ ވީޑިއޯތަކެއް ތައްޔާރުކުރުމަށް 14 މޭ 2015 ގައި ކުރެވުނު މިމިނިސްޓްރީގެ ނަންބަރު: IUL)30-G/1/2015/62) އިޢުލާނާގުޅިގެން އެކަށީގެންވާ އަދަދަށް ބޭފުޅުން ކުރިމަތިލާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، މިމަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިވީޑިއޯތައް ތައްޔާރުކޮށްދިނުމަށް ބޭނުންފުޅުވާ ފަރާތްތަކުން 26 މޭ 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް ވެލާނާގޭގެ 7 ވަނަ ފަންގިފިލާގައިވާ މިމިނިސްޓްރީގެ މީޓީންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 4 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލްތައް ހުޅުވޭނީ ހާޒިރުވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ދަންނަވާފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިމިނިސްޓްރީގެ ނަންބަރު 3341836 ނުވަތަ 3339226 އަށް ގުޅުއްވުން އެދެމެވެ.
03 ޝަޢުބާން 1436