މަޤާމް :
|
ސީނިއަރ އީކޮމާރސް އެގްޒެކެޓިވް
|
ބޭނުންވާ އަދަދު:
|
1 ( އެކެއް )
|
މުސާރައާއި އެލަވަންސް:
|
- މުސާރަ: މަހަކު -/10،000 ރުފިޔާ ( ދިހަ ހާސް ރުފިޔާ)
- ސަރވިސް އެލަވަންސް: މަހަކު -4,500 ރުފިޔާ (ހަތަރު ހާސް ފައްސަތޭކަ ރުފިޔާ)
- ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ )
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ
|
އޮފީސް :
|
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
|
ޔުނިޓް :
|
ބިޒްނަސް ޑިވެލޮޕްމަންޓް ޑިވިޜަން
|
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:
|
- ބިޒްނަސް މެނެޖްމަންޓް/ކޮމާރސް/އައިޓީގެ ދާއިރާއިން މާރސްޓަރސް ޑިގްރީ ލިބިފައިވުން ނުވަތަ ބިޒްނަސް މެނެޖްމަންޓް/ކޮމަރސް/އައިޓީގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ލިބިފައިވުން އަދި ބިޒްނަސްގެ ދާއިރާއެއްގައި އުޅެ، 02 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން
|
މަޤާމުގެ މައިގަޑު މަސްޢޫލިއްޔަތުތައް
|
- އީކޮމާރސް އަދި ލޮޖިސްޓްކްސް ދާއިރާއިން ތަރައްޤީކުރަން ބޭނުންވާ އެންމެހައި ޕްލެޓްފޯރމް/ސިސްޓަމްސް/ޚިދުމަތްތަކުގެ ޑިވެލޮޕްމަންޓް ޕްލޭންތައް ތައްޔާރުކުރުން
- އީކޮމާރސް ޕްލެޓްފޯރމްތަކާއި ސިސްޓަމްތަކުގެ އެސެސްމަންޓް ހަދައި ރިޕޯރޓްތައް އެކުލަވާލުން
- އަދި ޤާއިމްކޮށްފައިވާ އެންމެހައި ޕްލެޓްފޯރމްތައް އިތުރުކުރުމާއި ފަހިކުރުމަށްޓަކައި ދިރާސާކުރުމާއި ޕްލޭންތައް އެކުލަވާލައި ތަންފީޒުކުރުން
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ކުރެވޭ އިންޓަރވިއުއިން ފާސްވުން
- އައިޓީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- ޕްރެޒެންޓޭޝަން ހުނަރު ހުރުމާއެކު އިނޮވެޓިވް ހުނަރު ހުރި ފަރާތަކަށްވުން
- ބިޒްނަސް އަދި ސިސްޓަމް ޑިވަލޮޕްމަންޓްއާއި ގުޅުންހުރި ކަރުދާސްތައް އެކުލަވާލައި ޕްލޭންތަށް ތަންފީސްކުރުމުގެ ޤާބިލްކަން ހުރުން.
- ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުމާއެކު މުސްތަޤިއްލުކަމާއެކު މަސައްކަތް ކުރެވޭ ފަރާތަކަށްވުން
- ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުމާއެކު ކަޑައެޅިފައިވާ ސުންގަޑިއަށް މަސައްކަތް ނިންމުމުގެ ޤާބިލްކަން ހުރުން.
- އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ ހުނަރު ހުރުން
- ވިސްނުންތެރިކަމާއެކު ޕްރެޝަރުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތަކަށްވުން ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
|
ރަސްމީ މަސައްކަތު ގަޑި:
|
- ހެނދުނު 08:00 އިން 15:00 އަށް
|
ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް
|
- ވަޒީފާއަށްއެދޭ ފޯމް
- ވަނަވަރު (ސީވީ)
- އައިޑީ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)
- ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)
** އީމޭލްއިންނަމަ، މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.
- ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
|
|
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 07 ޖުލައި 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 07 ޖުލައި 2024 ވާ އާދީއްތަ ދުވަހުގެ 14:00 އާ ހަމައަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ.
**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
|
އިންޓަވިއު:
|
އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
ވަޒީފާއަށް އެދޭނެ ގޮތް:
|
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ ރަސްމީގަޑީގައި 7924894 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
|