ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ސްކޫލުގެ GS-204/IU/2015/08 ނަންބަރު ޢިއުލާނުގައި، އެސިސްޓެންޓް ކައުންސިލަރުގެ މަޤާމުގެ އަސާސީ ޝަރުޠުތައް ހިމަނާފައިވަނީ 1 އެޕްރީލް 2013 ން ފެށިގެން ޢަމަލުކުރަން ފެށި އިދާރީ މަޤާމްތަކުގެ ވަޒީފާގެ އޮނިގަނޑުގައިވާ ޝަރުޠުތަކާ އެއްގޮތަށްކަމުގައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް، އެސިސްޓެންޓް ކައުންސިލަރުގެ މަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
މަޤާމް: އެސިސްޓެންޓް ކައުންސެލަރ
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: ޖީ. އެސް. 3
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
ބޭނުންވާ އަދަދު: 1 (އެކެއް)
މުސާރަ: -/4465.00 ރުފިޔާ
ސަރވިސް އެލަވަންސް: -/1500.00
ވަޒީފާ އޮތް އޮފީސް: ނަޑެއްލާ ސްކޫލް
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ނަޑެއްލާ ސްކޫލް އެޑްމިން ސެކްޝަން
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1. ދަރިވަރުންގެ އަޚުލާޤާ ބެހޭގޮތޮން ކޮންމެ ކުއްޖަކަށް ފައިލެއް ތައްޔާރުކޮށް، އެ ފައިލު ބެލެހެއްޓުމާއި، ކޮމްޕިއުޓަރުގައިވެސް ރެކޯރޑްސް ބެލެހެއްޓުން.
2. ދަރިވަރުންނަށް ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ޤަވަޢިދުން ދެ ހަފުތާއިން އެއް ހަފުތާގައި ބެލުމާއި، އެފަދަ މައްސަލަތައް ހުރިނަމަ ރެކޯޑްކޮށް، އަޅަން އެކަށީގެންވާ ފިޔަވަޅު އެޅުން.
3. ދުވަހުން ދުވަހަށް ބަލަންޖެހޭ އަޚްލާޤީ މައްސަލަތަކާއި، ނަފްސާނީގޮތުން ދަރިވަރުންނަށް ދިމާވާ މައްސަލަތަކާއި، ސްކޫލުގައްޔާއި ގޭތެރޭގައި ދަރިވަރުންނަން ލިބޭ ޖިސްމާނީ އަނިޔާތަކާމެދު ފިޔަވަޅުއެޅުމާއި، ރެކޯޑްކުރުން.
4. ދިމާވާ ބޮޑެތި މައްސަލަތަކާމެދު ފިޔަވަޅުއެޅުމުގައި ސްކޫލުގެ އިސްވެރިޔާގެ މަޝްވަރާއާއި ބެލެނިވެރިންގެ މަޝްވަރާއާއެކު ކުރިއަށްގެންދިޔުން.
5. ދަރިވަރުންގެ އަޚުލާޤާށް އަންނަ ބަދަލްތަކާމެދުގައްޔާއި، ނަފުސާނީ ޙާލަތަށް އަންނަ ބަދަލުތަކާމެދު ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން.
6. ސްކޫލުގެ އޮފީހަށް އެކިއެކި ބޭނުންތަކުގައި އަންނަ ފަރާތްތަކަށް އިޙުތިރާމްކުރަންވާނެއެވެ.
7. ރަސްމީ މަސައްކަތްތައް ކޮށްފައި ވަގުތު އޮތްވަރަކުން އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވާންވާނެއެވެ.
8. ސްކޫލުގައި މަސައްކަތްކުރަންވާނީ ހުރިހާ އެންމެންނަށް ހަމަހަމަވާނެ ގޮތަކަށެވެ.
9. ސްކޫލްގެ އެއްވެސް ސިއްރެއް، އެއްވެސް ފަރާތަކަށް ހާމަކުރުމަކީ މުޅިން މަނާކަމެކެވެ.
10. ސްކޫލުގައްޔާއި، ސްކޫލުން ބޭރުގައިވެސް، އެއްވެސް ކުއްޖެއްގެ ފަރާތުން، ކުދިންނާ އެކަށީގެންނުވާ ކަމެއް ފެނިއްޖެނަމަ، ސްކޫލުގެ ވެރިންނަށް ވަގުތުން އަންގަންވާނެއެވެ.
11. ދަރިވަރުންނާއި މުދައްރިސުންގެވެސް ވާހަކަދެއްކުމުގެ އަދަބުވަރިކަމަށް ސަމާލުކަން ދޭންވާނެއެވެ.
ދާއިރާއާ ގުޅުންހުރި ކަންކަމުގައި ސްކޫލުގެ މުވައްޒަފުންނަށް އެހީތެރިވުން: - ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން. - އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައްޔާއި، ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ވެރިން އަންގަވާގޮތެއްގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން. އިތުރު ހަރަކާތްތައް ރާވައި ހިންގުމުގައި އެހީތެރިވުން:
ދުވަހުން ދުވަހަށް މަސައްކަތްތައް ނިންމުން:
ބަދަލު އިންތިޒާމް
|
މަޤާމުގެ ޝަރުޠު:
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި ދެ އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- ތަޢުލީމީ ފެންވަރު
- ހުށަހަޅާފައިވާ މަސައްކަތުގެ ތަޖުރިބާ
- ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ، އެ މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި، އަޚްލާޤް
- އިންޓަވިއުއަށް ހޮވޭ ފަރާތްތަކާ އިންޓަވިއުކޮށްގެން ލިބޭ މާކްސް
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު ކުރުން އޮންނާނީ، 2015 ޖޫން 2 އާއި 9 އާ ދެމެދުގައި ނަޑެއްލާ ސްކޫލުގައެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝން ފޯމު، ނަޑެއްލާ ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ގދ. ނަޑެއްލާ ސްކޫލުގެ ކައުންޓަރަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މޭ 27 ވަނަ ދުވަހުގެ 15:00 އެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ނަޑެއްލާ ސްކޫލުގެ 7983088 ނަންބަރު ފޯނަށް ނުވަތަ 6840064 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
1 ޝަޢުބާން 1436