ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން އޮޕަރޭޝަނަލައިޒް ކުރުމާއި ގުޅޭ

                                                     

 

 

                     `

            ނަންބަރ: WAMCO-BDM/IUL/2024/042   

މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން އޮޕަރޭޝަނަލައިޒް ކުރުމާއި ގުޅޭ؛

2024 ޖުލައި 01 ވަނަ ދުވަހު މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން އޮޕަރޭޝަނަލައިޒް ކުރުމާއި އެކު، ދުވަހުން ދުވަހަށް މާލޭ ޓްރާންސްފަރ ސްޓޭޝަނަށް ގެނެވޭ ކުނި، ކޮންޓެއިނަރުތަކުގައި ކ. ތިލަފުއްޓަށް ގެންދިއުމުގެ އަމަލީ މަސައްކަތްތަކުގެ ތެރެއިން ކުރެވެމުންދާ އަދި ކުރިއަށް ރޭވިފައިވާ މުހިއްމު ކަންތައްތައް ތިރީގައި އެވަނީއެވެ.

މާލޭ ޓްރާންސްފަރ ސްޓޭޝަނުން ޚިދުމަތް ހޯދާ އުޅަނދުތަކުގެ ތެރެއިން، އަމިއްލަޒާތުގައި ކުނި ހުސްނުކުރެވޭ އުޅަނދުތަކަށް ކުނި ހުސްކުރުމަށް ފީ އެއް ތައާރަފްކޮށް، އުޅަނދުން ކުނި ހުސްކުރުމަށް ވަގުތު ކަނޑައެޅުން

  • މާލޭ ޓްރާންސްފަރ ސްޓޭޝަނުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޓްރާންސްފަރ ސްޓޭޝަނުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން 70% އެއީ ވިޔަފާރީގެ އުސޫލުން ކުނިއުކާލާ ފަރާތްތަކާއި އަދި ޓެކްސީގެ ގޮތުގައި ބޭނުންކުރަމުންދާ ވޭން/ޕިކަޕް/ލޮރީ އެވެ. މި އުޅަނދުތަކަކީ އަމިއްލަޒާތުގައި ހުސްނުކުރެވޭ އުޅަނދުތަކެއް ކަމުން، އުޅަނދަށް ބަރުކޮށްފައިވާ ކުނި ހުސްކުރަން ޖެހޭނީ ވޭން/ޕިކަޕް/ލޮރީ ގައި ތިބޭ ލޭބަރުންނެވެ. އަދި އާއްމުގޮތެއްގައި ޓްކްސީގެ ގޮތުގައި ބޭނުންކުރާ އުޅަނދުގައި ޑްރައިވަރު ފިޔަވައި އެހެން ފަރާތެއް ނުހުންނަކަން ފާހަގަކޮށްލަމެވެ.
  • ޚިދުމަތް ހޯދާ އުޅަނދުތަކުގެ ކިއު މެނޭޖްކުރުމާއިއެކު، ކަސްޓަމަރުންނަށް ވީހާވެސް އަވަހަށް ޚިދުމަތް ފޯރުކޮދިނުމަށްޓަކައި، ކަސްޓަމަރުން ބޭނުންވެއްޖެ ހިނދެއްގައި، އަމިއްލަޒާތުގައި ހުސްނުކުރެވޭ އުޅަނދުތަކުން މިކޯޕަރޭޝަނުގެ މުވައްޒަފުން ކުނި ހުސްކޮށްދިނުމަށް ފީއެއް ވަނީ ތައާރަފް ކުރެވިފައެވެ. އަދި އަމިއްލައަށް ކުނި ހުސްކުރުމަށް އެދޭ ފަރާތްތަކުން އުޅަނދުން ކުނި ހުސްކުރުމަށް 7 މިނެޓްގެ ވަގުތެއް ވަނީ ކަނޑައެޅިފައެވެ.

މާލޭ ޓްރާންސްފަރ ސްޓޭޝަނުން ޚިދުމަތް ހޯދާ އުޅަނދުތަކުގެ ތެރެއިން، އަމިއްލަޒާތުގައި ހުސްނުކުރެވޭ އުޅަނދުތަކަށް ކުނި ހުސްކުރުމަށް ތާއާރަފް ކުރެވިފައިވާ ފީގެ ތަފްޝީލް

ކުނި އުފުލާ އެއްގަމު އުޅަނދު

އުޅަނދުގައި އުފުލޭ ބަރުދަން (ކިލޯ ގްރާމް)

ތައާރަފް ކުރެވިފައިވާ ފީ ގެ އަދަދު

ވޭން/ޕިކަޕް/ލޮރީ

0 - 350

50 ރ

ވޭން/ޕިކަޕް/ލޮރީ

351 – 1500

75 ރ

ވޭން/ޕިކަޕް/ލޮރީ

1501 އަށްވުރެ މަތި

100 ރ

 

ވީމާ 2024 ޖުލައި 01 ދުވަހުންފެށިގެން މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން އޮޕަރޭޝަނަލައިޒް ކުރުމާއި އެކު އަމިއްލަޒާތުގައި ކުނި ހުސްނުކުރެވޭ އުޅަނދުތައް ކުނި ހުސްކުރުމަށް ފީ އެއް ތައާރަފް ކުރެވިފައިވާ ވާހަކަ އާންމުންގެ މައުލޫމާތައްޓަކާއި އިއުލާން ކުރަމެވެ.

27 ޖޫން 2024
ހޯދާ