ދިވެހިރާއްޖެ
ވޭމަންޑޫ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހިންގުމަށް ރޭވިފައިވާ އެކި ޙަރަކާތްތަކާއި މިކަމާ ގުޅޭ އެހެނިހެން ކަންތައްތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ލޯގޯ ފަރުމާކުރުމަށް ފުރުސަތު ހުޅުވާލައި ކުރެވުނު ނަންބަރު: (IUL)GS63-AD/GS63/2024/25 އިޢުލާނުގެ މައްސަލައަކާ ގުޅިގެން މި އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
- 75 އަހަރު ފުރޭ ތާރީޚް 8 ޖުލައި 1949 އިން 8 ޖުލައި 2024
- އެއްވަނައަށް ހޮވޭ ލޯގޯ
1.1 އެއްވަނައަށް ހޮވޭ ލޯގޯއަކަށް 500.00ރ (ފަސްސަތޭކަ ރުފިޔާ) ގެ ފައިސާގެ އިނާމާއި ޝީލްޑާއި ހަނދާނީ ލިޔުން ދިނުމަށް ވަނީ ކަނޑައެޅިފައެވެ.
- 2. ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް:
2.1 މި ލޯގޯއަކީ އެއްވެސް މުއައްސަސާއަކުން ބޭނުންކުރަމުންދާ ނުވަތަ ބޭނުންކޮށްފައިވާ ލޯގޯއެއްގެ ކޮޕީއެއް ކަމުގައި ވެގެން ނުވާނެއެވެ.
2.2 ފަރުމާ ކުރެވޭ ލޯގޯއަކީ މުޅިން އައު، އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. އެހެން ފަރާތަކަށް ނިސްބަތްވާ އެއްޗެއްނަމަ އެކަމަށް ޒިންމާވާނީ ލޯގޯ ފަރުމާކުރި ފަރާތުންނެވެ.
2.3 އެއްވެސް ސިޔާސީ ޕާޓީއެއް ރަމްޒުކޮށްދޭ އެއްޗަކަށް ވެގެން ނުވާނެއެވެ.
2.4 މި ލޯގޯއަކީ ވޭމަންޑޫ ސްކޫލަށް 75 އަހަރު ފުރުން ރަމްޒުކޮށްދޭ ލޯގޯއަކަށް ވާންވާނެއެވެ.
2.5 ލޯގޯ ފަރުމާކުރުމުގައި ސްކޫލްގެ ކުލަތައް ކަމުގައިވާ ފެހިކުލަ، ނޫކުލަ، ރަތްކުލަ އަދި ހުދުކުލަ ބޭނުންކުރަންވާނެއެވެ.
- 3. ލޯގޯއާއެކު ހުށަހަޅަންޖެހޭ ތަކެތި
3.1 ލޯގޯ ހުށަހެޅި ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ހުށަހަޅަންވާނެއެވެ.
3.2 ލޯގޯގައި ބޭނުންކުރާ ފޮންޓާއި ސައިޒު ހުށަހެޅުން.
3.3 ލޯގޯގައި ބޭނުންކޮށްފައިވާ ކުލަތައް .
3.4 ލޯގޯ ރަމްޒުކޮށްދެނީ ކޮން ކަންތައްތަކެއްކަން ލިޔުމުން ހުށަހަޅަންވާނެއެވެ.
3.5 ލޯގޯ ހުށަހަޅާ ފަރާތުގެ އިތުރު ހުއްދައަކާ ނުލާ ލޯގޯ ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ސްކޫލަށް ދޭކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
3.6 ކޮންމެ ފަރާތަކަށް ވެސް ގިނަވެގެން ހުށަހެޅޭނީ 2 ލޯގޯއެވެ.
- 4. މާކްސް ދެވޭނެ ގޮތުގެ ތަފްޞީލް
4.1 ލޯގޯ ފަރުމާ ކޮށްފައިވަނީ މަތީގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި އެއްގޮތައްތޯ ބަލާ ފާސްކުރުން
4.2 ލޯގޯތައް ބަލައި މާކްސް ދޭނީ މިކަމަށް އެކުލަވާލެވިފައިވާ ކޮމެޓީއަކުންނެވެ.
4.3 ލޯގޯގެ ފެންވަރާއި ކޮލިޓީ މިންވަރު
4.4 ވޭމަންޑޫ ސްކޫލަށް 75 އަހަރު ފުރުން ރަމްޒުކޮށްދޭ މިންވަރު
- 5. ލޯގޯ ހުށަހަޅަންވީ ސުންގަޑި
5.1 މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަތީގައިވާ މިންގަނޑުތަކާ އެއްގޮތަށް ލޯގޯ ފަރުމާކޮށް، 01 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ލޯގޯގެ ފަރުމާ މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ލޯގޯ ހުށަހަޅުއްވާނަމަ މިސްކޫލްގެ އީމެއިލް އަށް މެއިލް ކުރެއްވުން އެދެމެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މައުލޫމާތު މި ސްކޫލުން ލިބިވަޑައިގަންނަވާނެއެވެ.
ފޯން: 6780564
އީމެއިލް: [email protected]