މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްކައްކާ ހިއްކާ ފަރާތްތަކާއި ދަނޑުވެރިންނަށް ބައްދަލުކުރުން ތާރީޚާއި ތަން ބަދަލުވުމާއި ގުޅޭ

މަސްކައްކާ ހިއްކާ ފަރާތްތަކާއި ދަނޑުވެރިންނަށް ބައްދަލުކުރުން ތާރީޚާއި ތަން ބަދަލުވުމާއި ގުޅޭ

 

ޤަވާޢިދު ނަންބަރު 2024/R-41 (ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި، ރަޖިސްޓްރީ ކުރުމުގެ ގަވާއިދު) ގެ 5 ވަނަ މާއްދާގެ (ށ) އިން މިއިދާރާއަށް ލިބިދޭ ބާރުގެ ދަށުން، އިސްވެ ދެންނެވުނު ގަވާއިދުގެ 6 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން، ވަގުތީ ބިން ދޫކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމުގައި ދަންނަވަމެވެ.

މި ޤަވާޢިދުގެ ދަށުން ބިން ދޫކުރުމަށްޓަކައި އުސޫލު އެކުލަވައިލުމުގެ މަރުހަލާގައި، ކަމާގުޅޭ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ބޭނުންވާކަމުގައި ދަންނަވަމެވެ. އެހަންކަމުން މިފަދަ ފަރާތްތަކާއި އެކު ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމުގައިވެސް ދަންނަވަމެވެ.   

މިރަށުގައި މަސްކައްކާ ހިއްކުމަށާއި ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަގުތީ ބިން ދޫކުރުމަށް ކައުންސިލުން ބޭނުންވާތީވެ، މި ފަރާތްތަކާއި އެކު ބައްދަލުކުރުން 2024 ޖޫން 28 ވާ ހުކުރު ދުވަހުގެ މެންދުރު ފަހު 02:00 ގައި ކޮމިއުނިޓީ ޕްރީ ސްކޫލްގައި އޮންނާނެ ވާހަކަ ދަންނަވަމެވެ.

ވީމާ ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.                

          21 ޛުލްޙިއްޖާ  1445 

          27 ޖޫން     2024 

 

27 ޖޫން 2024
ހޯދާ