މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ މިޑިއާ ސެކްޝަންގައި އިވެންޓް އަދި އެހެނިހެން އޮފީހާއި ގުޅުންހުރި މަސައްކަތުގެ ފޮޓޯއަދި ވީޑިއޯ ކުރުމަށް ބޭނުންކުރާނެ ކެމެރާއެއް ގަތުމާ ގުޅޭ

          މިއިދާރާގެ މިޑިއާ ސެކްޝަންގައި އިވެންޓް އަދި އެހެނިހެން އޮފީހާއި ގުޅުންހުރި މަސައްކަތުގެ ފޮޓޯއަދި ވީޑިއޯ ކުރުމަށް ބޭނުންކުރާނެ ކެމެރާއެއް ގަތުމަށް ބޭނުންވެއެވެ.

        

         ވީމާ، އެޓޭޗްކުރެވިފައިވާ ސްޕެސިފިކޭޝަނުގެ ކެމެރާއެއް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2024 ޖުލައި 09 ވާ އަންގާރަ ދުވަހުގެ 11:00 އަށް ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާން ކުރެއްވުމަށް ފަހުގައެވެ.

 

          މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވާނަމަ 2024 ޖުލައި 02 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected]އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

 

 

21 ޛުލްޙިއްޖާ 1445

27 ޖޫން 2024
ހޯދާ