ދިވެހިރާއްޖެ
މި އިޢުލާންވަނީ 27 ޖޫން 2024 13:29 ގައި ބާތިލް ކުރެވިފައެވެ.
(IUL) 457-AS/1/2024/23 :ނަންބަރު
އިޢުލާން
ފަޔަރވޯލް އަދި މައިކްރޯސޮފްޓް 365 ބިޒްނަސް ލައިސަންސް އައުކުރުން
މި ބިއުރޯގައި ބޭނުން ކުރަމުންދާ ފަޔަރވޯލް ލައިސަންސް އަދި މައިކްރޯސޮފްޓް 365 ބިޒްނަސް ލައިސަންސް 1 އަހަރު ދުވަހަށް އައުކުރަން ބޭނުންވެއްޖެއެވެ.
ވީމާ، މަސައްކަތްކޮށްދެއްވުމަށް ޝައުގެވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2024 ޖުލައި 4 ވަނަ ދުވަހުގެ 13:30 އަށް މިބިއުރޯ ހިނގަމުންދާ ޢިމާރާތް " ދާރުލް އީމާން ބިލްޑިންގ" ގެ 8 ވަނަ ފަންގެފިލާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމާއިބެހޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިމަޢުލޫމާތު މިބިއުރޯގެ ވެބްސައިޓް http://www.statisticsmaldives.gov.mv އިންވެސް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. ބީލަމްގައި ބައިވެރިވާ ފަރާތްތަކުން 2024 ޖުލައި 3 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބީލަމްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލްކުރައްވައި ރަޖިސްޓްރީވެފައިވާކަން ޔަގީން ކުރައްވަންވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި މިމަސައްކަތަށް ކޮށްދެއްވުމަށް ކުރިމަތިލެވޭނީ މިފަދަ ޚިދުމަތް ދެއްވާ އޮތޮރައިސްޑް ރީސެލަރއިންނަށެވެ..
މިބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު. 3008400 އަށް ގުޅުއްވުން އެދެމެވެ.
21 ޛުލްޙިއްޖާ 1445
27 ޖޫން 2024