ޑްރަގް ކޯޓު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް

ޖީ. އެސް. 3

ބޭނުންވާ އަދަދު

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

ޑްރަގް ކޯޓު،  ކ. މާލެ

ސެކްޝަން / ޔުނިޓް

 ރިހެބިލިޓޭޝަން އެންޑް އެންފޯސްމަންޓް ސެކްޝަން

އަސާސީ މުސާރަ

 މަހަކު -/4،465 ރުފިޔާ

އެލަވަންސް

- ސަރވިސް އެލަވަންސް: -/1,500 ރުފިޔާ

- ލިވިންގ އެލަވަންސް: -/2,700 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި 2 މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން.

ނުވަތަ،

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް

  • މަސްތުވާ ތަކެއްޗާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މަސްތުވާ ތަކެތީގެ މައްސަލަތައް ޑްރަގް ކޯޓުން ބެލުމުގައްޔާއި، އެފަދަ މައްސަލަތަކުގައި އަދަބު ކަނޑައެޅުމުގައްޔާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާގެ ޕްރޮގްރާމްތައް ކަނޑައެޅުމުގައި، ނޭޝަނަލް ޑްރަގް އެޖެންސީން ޑްރަގް ކޯޓަށް ބޭނުންވާ ލަފާ ހޯދުމުގެ ކަންކަން އިންތިޒާމްކުރުން.
  • ކޯޓުން ކަނޑައަޅާ ޕްރޮގްރާމެއްގައި ބައިވެރިވެ، ފަރުވާ ހޯދުމަށް އެއްބަސްވާ ފަރާތްތަކަށް ބޭނުންވާ އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ނޭޝަނަލް ޑްރަގް އެޖެންސީއަށް ކުރާ އަމުރުތަކާގުޅޭ އެންމެހައި އިދާރީ ކަންތައް ކުރުން.
  • ކޯޓުގެ ފަރާތުން ފަރުވާއަށް ފޮނުވާ ފަރާތްތަކުގެ މަޢުލޫމާތު ބެލެހެއްޓުމާއި، ފަރުވާގެ ޕްރޮގްރާމްތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.
  • ޙުކުމްކުރެވޭ ފަރާތްތަކާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ އެންމެހައި އިދާރީ ކަންތައްތައް ބެލެހެއްޓުން.
  • ރީހެބިލިޓޭޝަން އަމުރާ ގުޅިގެން ފަރުވާގެ ޕްރޮގްރާމްގެ މުއްދަތުގައި ފަރުވާލިބިގަންނަ ފަރާތްތަކާ ގުޅޭގޮތުން ކޯޓުން ކުރަންޖެހޭ އެންމެހައި ކަންކަން މޮނިޓަރކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ޔުނިޓުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި ނޯޓް ފަދަ ތަކެތި ލިޔުމާއި، ޔުނިޓަށް އެކިފަރާތްތަކުން ލިބޭ ތަކެއްޗަށް ޖަވާބު ދިނުން.

ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން

ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއް އަހަރު، މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

 

1- ޑްރަގް ކޯޓުގެ ވަޒީފާއަށް އެދޭ ފޯމް (މި މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމް، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓުން (www.drugcourt.gov.mv ން)  ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4-   ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ، އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.

5- ވަޒީފާއެއް އަދާކުރާ ނުވަތަ އަދާކޮށްފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާގެ ރޭންކް އެނގޭނެ ފަދަ ރަސްމީ ލިޔުމެއް. (އަދާކުރި ވަޒީފާގެ ރޭންކަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވަޒީފާގެ އޮނިގަނޑުން ކޮން ރޭންކެއްކަން މި ލިޔުމުގައި އެނގެން އޮންނަންވާނެ)

6- އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުންގެ ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.

7-  ބޮންޑެއް އޮތް ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.

ސުންގަޑި

2015 މޭ 31 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ޑްރަގް ކޯޓަށް ހުށަހެޅުން އެދެމެވެ.

އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް

ޑްރަގް ކޯޓް، ޢިއްޒުއްދީން މަގު

އިންޓަވިއު

މި މަޤާމަށް އެދިފައިވާ ފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެމަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ކޯޓުގެ 3018556 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 3 ޝައުބާން 1436
21 މޭ 2015
ހޯދާ