ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މެޑިކަލް މެޝިނަރީ އާއި އިކްއިޕްމަންޓް މާލެއިން ގދ ގެ ރަށްތަކަށް ގެނެސްދޭނެފަރާތެއް ހޯދުން

 ނަންބަރު : (IUL)ASMH-Procure/ASMH/2024/32

 

އިޢުލާން

 

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ގދ އަތޮޅުގެ ސިއްޙީމަރުކަޒުތަކަށް ބޭނުންވާ މެޑިކަލް މެޝިނަރީ އާއި އިކްއިޕްމަންޓް މާލެއިން ރަށްތަކަށް ގެނެސްދޭނެފަރާތެއް ހޯދުން

ޑރ. އަބަދުލްޞަމަދު މެމޯރިއަލް ހޮސްޕިޓަލާއި ގދ.އަތޮޅު ސިއްޙީމަރުކަޒުތަކަށް ބޭނުންވާ މެޑިކަލް މެޝިނަރީ އާއި އިކްއިޕްމަންޓްތައް ކަނޑުމަގުން މާލެއިން ރަށްރަށަށް ގެންނަން ބޭނުންވެއެވެ.

       ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 30 ޖޫން 2024 ވަނަދުވަހުގެ 10:00 އަށް  ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފްކޮށް ބިޑްގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އިތުރުން ބިޑުގައިރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

މަޢުލޫމާތުސާފްކުރުމާއި ރަޖިސްޓްރީކުރުން : 30 ޖޫން 2024، 10:00 ގައި

އަންދާސީ ހިސާބް ހުށަހެޅުން:  10 ޖުލައި 2024، 10:00 އަށް

ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ) 

26 ޖޫން 2024
ހޯދާ