ދިވެހިރާއްޖެ
އިޢުލާން
ހޯރަފުށީ މަހަލް ރެސްޓޯރެންޓާއި އިންވެގެން އުތުރު ފަރާތުގައި ހަދަންފަށާފައިވާ ކައުންސިލްގެ ޢިމާރާތް މީލާދީ 20 އަހަރަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބީލަމުގައި ރަޖިސްޓަރީކުރެއްވުމަށްފަހު، ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ޢިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި އެޓޭޗްކުރެވިފައި ވާނެއެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
ރަޖިސްޓަރީވުމުގެ ސުންގަޑި |
4 ޖުލައި 2024 |
ބުރާސްފަތި |
11:00 (ހެނދުނު) |
ބީލަން ހުށަހެޅުން |
8 ޖުލައި 2024 |
ހޯމަ |
13:00 (މެންދުރު) |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން:
ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ތިރީގައިވާ މަޢްލޫމާތު [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.
ބީލަމުގައި ރަޖިސްޓްރީ ކުރުމަށް މެއިލް ކުރަންޖެހޭ މަޢުލޫމާތު:
މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން:
ވިޔަފާރި ރަޖިސްޓްރީ ނަންބަރު:
އީމެއިލް އެޑްރެސް:
ގުޅޭނެ މޮބައިލް ނަންބަރު:
ބިލަމުގެ ނަން އަދި އިޢުލާން ނަންބަރު:
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500012/6500026 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
20 ޛުލްހިއްޖާ 1445