ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން ތަރައްޤީކުރާ އިސްފަންނު ބީޗްގައި ޢިމާރާތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް

           މިކައުންސިލުން ތަރައްޤީކުރާ އިސްފަންނު ބީޗްގައި ޢިމާރާތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށްކޮށްފައިވާ މިކައުންސިލްގެ ނަންބަރ (IUL)395-C/395/2024/60 (02 ޖޫން 2024) އިޢުލާނުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާތީ، އެއިޢުލާނު ބާޠިލު ކުރުމަށްފަހު އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކުރަމެވެ.

 

          މިކައުންސިލުން ތަރައްޤީކުރާ އިސްފަންނު ބީޗްގައި، ކައުންސިލުން ތަކެތި ފޯރުކޮށްދިނުމުން ޢިމާރާތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.   

 

ތަން

ދުވަސް

ތާރީޚު

ގަޑި

އަންދާސީހިސާބު

ހުށަހެޅުން

 

ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ

ހޯމަ

08 ޖުލައި 2024

13:00

 

           ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. ބީލަންތައް ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ގަޑީގައި ހުށަހަޅަން އަންނަ ފަރާތްތަކުގެ ޙާޒިރުގައި މިއިދާރާގައެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއިދާރާގެ 6800709،6800920 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

26 ޖޫން 2024
ހޯދާ