މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2024/48، (06 މޭ 2024) އިއުލާނާ ހަވާލާދީ

     މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2024/48، (06 މޭ 2024) އިއުލާނާއި ހަވާލާދީ ދަންނަވަމެވެ.

     ހަވާލާދީފައިވާ އިއުލާނުގައި ދެންނެވިފައިވާ "އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ މަގާމަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކޮށް މަގާމުތަކަށް މީހުން ހޮވުމުގައި ބަލާނެ މިންގަނޑު" ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިމްތިހާނަށް އެކި ސަބަބުތަކާހުރެ ގިނަ ކެންޑިޑޭޓުންނަށް ހާޒިރުވެވިފައި ނުވާތީ އެފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން އިތުރު އިމްތިހާނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

     މި އިމްތިހާނު އޮންނާނީ 04 ޖުލައި 2024 (ބުރާސްފަތި) ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ބިލްޑިންގައެވެ. އިމްތިހާނަށް ހާޒިރުވާން ޖެހޭ ފަރާތްތަކުގެ ލިސްޓު މި އިއުލާނާއެކު މި އޮފީހުގެ ވެބްސައިޓުގައި އާންމުކުރެވިފައިވާނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.

     މި އިއުލާނާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003499 ނުވަތަ 3322001 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. އީމެއިލް ކުރައްވާއިރު ވަޒީފާއަށް ކުރިމަތިލީ ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑް ނަންބަރާއި  ގުޅޭނެ ފޯނު ނަންބަރު އަދި ކުރިމަތިލީ މަގާމު އެނގޭނެހެން އީމެއިލްކުރެއްވުން އެދެމެވެ.

26 ޖޫން 2024
ހޯދާ