ދިވެހިރާއްޖެ
މި އަހަރުގެ މިނިވަން ދުވަސް އަތޮޅުފެންވަރުގައި ފާހަގަކުރުމަށް އދ.މާމިގިލީ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުޅިވަރުތަކުގައި ބައިވެރިވާ މަހިބަދޫ ތަމްސީލް ކުރާ ޓީމުތަކަށް ކޭޓަރިން ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތާ ގުޅޭ ގޮތުން ތައްޔާރުކުރެވިފައިވާ "ބީލަން ފޮތް" އަދި ރެޖިސްޓްރޭޝަން ފޯމް ގެޒެޓްއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ބީލަމުގައި ރަޖިސްޓްރީވުމާއި، މަޢުލޫމާތު ސާފުކުރުން
މަޢުލޫމާތު ސާފުކުރުމާއި، ބީލަމުގައި ރަޖިސްޓްރީވުން އޮންނާނީ 2024 ޖުލައި 01 ވާ ހޯމަ ދުވަހުގެ 10:00 ގައި އދ.މަހިބަދޫ ކައުންސިލްގެ އިދާރާގައެވެ. މި ބީލަމުގައި ރަޖިސްޓްރީ ވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބު ހުށަހެޅުން
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2024 ޖުލައި 04 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އދ.މަހިބަދޫ ކައުންސިލްގެ އިދާރާގައެވެ.
ވީމާ، މި ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2024 ޖުލައި 01 ވާ ހޯމަ ދުވަހުގެ 10:00 ގައި އދ.މަހިބަދޫ ކައުންސިލްގެ އިދާރާ އަށް ވަޑައިގެން މި ބީލަމުގައި ރަޖިސްޓްރީވެލައްވާ މަޢުލޫމާތު ލިބިގަތުމުގެ ފުރުޞަތު ހުޅުވާލަމެވެ. އީމެއިލް މެދުވެރިކޮށް ރެޒިސްޓްރީ އެއް ނުވެވޭނެއެވެ.