ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުކައުންސިލްގެ އޯކިޑް ލޯންޗް ސިޓީލާ ނީލަމުގައި ވިއްކާލުން

                                                      ނަންބަރ: (IUL)241-B/241/2024/21

 

ޢިއުލާން

 

އަތޮޅުކައުންސިލްގެ އޯކިޑް ލޯންޗް ސިޓީލާ ނީލަމުގައި ވިއްކާލުން

                       

                     މިއިދާރާގައި ބޭނުންކުރަމުންދާ  ( ގަލްފް ކްރާފްޓް – ޓުއަރިން 36 ގެ ) އޯކިޑް ލޯންޗްސިޓީލާ ނީލަމުގައި ވިއްކާލުމަށް ކުރެވުނު މިއިދާރާގެ ނަންބަރ: ( 06-05 – 2024 ) (IUL) 241-B /2024/14 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ މި ލޯންޗް ސިޓީލާ ނީލަމުގައި ވިއްކާލުމަށް އަލުން އިއުލާން ކުރަމެވެ. މި ލޯންޗުގެ ނީލަން ފެށޭ އަގަކީ 400000.00 ( ހަތަރުލައްކަ ) ރުފިޔާއެވެ.

ވީމާ ، އޯކިޑްލޯންޗް ނީލަމުގައި ބައްލަވައި ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ޖުލައި 2024 ގެ ނިޔަލަށް އަގު ހުށަހެޅުއްވުން އެދެމެވެ. އެދުވަހަކު ހުށަހެޅޭ އެންމެ މަތީއަގު އަތޮޅު ކައުންސިލްގެ ވެއިންޓިންގ އޭރިޔާގައި އާންމުކޮށް ފެންނަން ހުންނާނެއެވެ. ޖެހިޖެހިގެން އެއްއަގެއް 3 ދުވަސް ވަންދެން އޮވެއްޖެނަމަ އެ އަގު ހުށަހެޅިފަރާތަށް ނީލަން ނިންމާލެވެނޭއެވެ. ނީލަން ފެށޭ އަގަށް ފަހަރަކު އިތުރުކުރެވޭނީ  2500.00 ( ދެހާސްފަސްސަތޭކަ ) ރުފިޔާ އެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކުން  އަގު ހުށަހަޅަންވާނީ ލިއުމުން މިކައުންސިލްގެ އިދާރާއަށެވެ. ސިޓީލާ ނީލަމުގައި ވިއްކަން ހަމަޖެހިފައިވާ އޯކިޑް ލޯންޗް ބައްލަވާ ލެއްވުމަށް ބޭނުންވާ ފަރާތްތަކަށް ލޯންޗް  ބެލޭނެ އިންތިޒާމް ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި ހަމަޖައްސައިދެވޭނެއެވެ. 

                  

މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

 

17 ޛްލްޙިއްޖާ 1445 ހ.

 24 ޖޫން 2024 މ.

 

26 ޖޫން 2024
ހޯދާ