ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށްޓަށް ބޭނުންވާ މުވައްޒަފުން ހޯދުން

                            

އިޢުލާން

ނަންބަރ:

 (IUL)421/ESMSED/421/2024/33

ތާރީޚް

‏ 19 ޛުލްޙިއްޖާ 1445

 26  ޖޫން   2024

     ގދ.ވާދޫ ކުނިކޮށީގެ މަސައްކަތް ކުރުމަށްޓަކައި ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުން ވެއްޖެއެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަންހުރި ޤާބިލު މީހުންނެވެ.

 

މަޤާމް:

ސަޕޯޓް ސްޓާފް ( މަސައްކަތު )

ބޭނުންވާ އަދަދު:

04

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ގދ.ވާދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ

މުސާރަ އާއި އިނާޔާތް

މުސާރަ މަހަކު: 3100.00 ( ތިންހާސް އެއްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް: 1000.00 ( އެއްހާސް ރުފިޔާ )

ސަޕޯޓިންގް ކޯ އެލަވަންސް: 1200.00 ( ބާރަސަތޭކަ ރުފިޔާ )

މިނިމަމްވޭޖްއެލަވަންސް:1917.00 ( ނަވާރަސަތޭކަ ސަތާރަ ރުފިޔާ )

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބްތައް:

  1. ރަށުގެ ގޭބިސީ ތަކާއި،ވިޔަފާރިކުރާ ތަންތަނާއި އެހެނިހެން ތަންތަނުން އުކާލަންޖެހޭކުނިތައް ނަގާ ވެހިކަލަށް އެރުވުން
  2. ކުނި ޑިސްޕޯސް ކުރުމަށް ކުރަންޖެހޭ ދަތުރުތައް ކުރުން
  3. ތަނުގައި ދިމާވާ މައްސަލަތައް ހިނދުން ހިނދަށް ކަމާބެހޭ ވެރިންނަށް އަންގާ ރިޕޯޓް ކުރުން
  4. މެއިންޓަނަންސް މަސައްކަތްތަކުގައި ގެންގުޅޭ އިކުއިޕްމަންޓްސް ތަކާއި ޓޫލްސްތައް ރަގަޅަށް ސާފުކޮށް ބެލެހެއްޓުން
  5. މަސައްކަތަށް ބޭނުންވާ ތަކެތި އެއްތަނުން އަނެއްތަނަށް ގެންގޮސް ސްޓޯރ ކުރުން
  6. ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުން
  7.  މިނޫންވެސް ކައުންސިލް އިދާރާއިން ރާވާ ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠުތައް

  1. ދިވެހިރައްޔިތެއްކަމުގައިވުން
  2. ގްރޭޑް 07 ނިންމާފައިވުން
  3. އަމިއްލަޔަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ގާބިލް މީހަކު ކަމުގައިވުން
  4. މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރެވޭފަދަ ސިއްހަތެއް ހުރި މީހަކު ކަމުގައިވުން
  5. އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހަކު ކަމުގައިވުން

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ކަންކަން

  1. މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރެވޭފަދަ ސިއްހަތެއް ހުރި މީހަކު ކަމުގައިވުން
  2. މީހުންނާ ރަގަޅަށް މުޢާމަލާތުކުރަންއެގޭ ފަރާތެއްކަމުގައިވުން
  3. އިންޓަވިއު

ހުށަހަޅަންޖެހޭ ލިޔެ ކިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށްއެދޭ ފޯމް ( މި ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވެ.)
  2. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯން ނަންބަރާއި އީމެއިލް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ( މުއްދަތު ހަމަނުވާ)ދެފުށުގެ ލިޔުންތައް ފެންނަ ، ލިޔެފައިވާ ލިޔުންތައް ކިޔަންއެގޭފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:
  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ:

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 08 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ގދ.ވާދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ( [email protected]  ) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށްއެދޭ ފޯމް ބަލައި ގަނެވޭނެވެ.

" އިންޓަރވިއު އޮންނާނެ ތަނާއި ، މުއްދަތު.

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 10 ޖުލައި 2024 އާއި 14 ޖުލައި 2024 އާއި ދެމެދު ވާދޫ ކައުންސިލްގެ އިދާރާގައެވެ.

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި 6840005 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ [email protected]  އަށެވެ.

 

                                                          ހަސަން ޢަބްދުﷲ

                                                         ކައުންސިލްގެ ރައީސް

26 ޖޫން 2024
ހޯދާ