މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަޖިސްޓަރީ ގެއްލިގެން
މިރަށު " ހަނީމޫން " އޭ ކިޔާ ބަންޑާރަ ގޯއްޗަށް ނ. އަތޮޅު އޮފީހުން (ނ. އަތޮޅު ކައުންސިލްގެ އިދާރާއިން) ހަދައިދީފައިވާ 44/1993 އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ގެއްލިގެން އަލުން ހައްދައިދިނުމަށް އެގޯތީގެ ވެރިފަރާތް ކަމަށްވާ ނ.ފޮއްދޫ ހަނީމޫން، އިބުރާހީމް ޙަނީފް ޢަލީ މިއިދާރާއަށް ހުށަހަޅުއްވައިފިއެވެ.
ވީމާ އެރަޖިސްޓަރީއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ 2015 މޭ 31 ވަނަ ދުވަހުގެ ކައުންސިލް އިދާރާ ބަންދުވުމުގެ ކުރީން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.
މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
22 ރަޖަބު 1436
11 މޭ 2015
ހޯދާ