ދިވެހިރާއްޖެ
އަންދާސީހިސާބު
މިނިސްޓްރީން ކ.މަނިޔަފުށީގައި ހެދުމަށް ހަމަޖެހިފައިވާ ޓްރެއިނިންގ އެންޑް ޑެމޮސްޓްރޭޝަން ހެޗަރީގެ ބޭނުމަށް މަނިޔަފުށީގައި ހުރި އިމާރާތަކަށް ބަދަލުގެނެސް ހެޗަރީއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި IUL)30-C/1/2015/60) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް މަޢުލޫމާތު ސާފުކުރުމަށް ބޭފުޅުން ވަޑައިގެންފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން މިކަމަށް ފުރުޞަތު ހުލުވާލަމެވެ. ވީމާ، ހެޗަރީހެދުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީއަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިއޮފީހަށް (ވެލާނާގޭގެ 7 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދި އަލުން އިޢުލާންކުރަމެވެ.
އަންދާސީހިސާބު ހުށަހެޅުމަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް |
28 މޭ 2015 ބުރާސްފަތި ދުވަހުގެ 11:00 އަށް |
21 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް |
މަޢުލޫމާތު ސާފުކުރެއްވުމުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3322242 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
28 ރަޖަބު 1436