ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއާރ ކޯން ގަނެ އިންސްޓޯލް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ކައުންކައުންސިލްގެ އިދާރާގެ ނަންބަރު IUL-D/423/2015/46 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، އަމިއްލަ ތަކެތީގައި ތިރީގައި މިދަންނަވާ 03 އެއާރ ކޯން ގަނެ އިންސްޓޯލްކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 މޭ 2015 ވާ ބުރާސްފަތި ދުވަހު 14:00 އަށް ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 މޭ 2015 ވާ ބުރާސްފަތި ދުވަހު 14:00 އަށް ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ފަރެސް މާތޮޑާ ކައުންސިލްގެ އިދާރާއަށް ބޭނުން ވާ އެއާރ ކޯން ގަނެ އިންސްޓޯލް ކުރުމާ ބެހޭ " މިހެން ލިޔެފައި އޮންނަން ވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކާއެކު ފޮނުވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

  • 1 (އެކެއް) އެއާރކޯން 9000BTU (އިންވާރޓަރ)  Brand: Hitachi/ Panasonic/ Gree
  • 2 (ދޭއް) އެއާރކޯން24000 BTU (އިންވާރޓރަ) Brand: Hitachi /Panasonic/ Gree

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.    

28 ރަޖަބު 1436

17 މޭ 2015
ހޯދާ