ދިވެހިރާއްޖެ
އުތީމު ބަނދަރު ސަރަހައްދުން ތެޔޮ ވިއްކުމަށް 25 އަހަރު ދުވަހުގެ މުއްދަތަށް 01 ބިން ކުއްޔަށް ދިނުމަށް އުތީމު ކައުންސިލުން ވަނީ ނިންމާފައެވެ.
ވީމާ، އިސްވެދެންނެވި ވިޔަފާރީގެ ބޭނުމަށް ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަތަކުން 08 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލަށް ވަޑައިގެން ބިމަށް އެދޭ ފޯމް ނެންގެވުން އެދެމެވެ. ބިމަށް އެދޭ ފޯމެއްގެ އަގަކީ -/100ރ އެވެ. މިފޯމް ލިބެން ހުންނާނީ ކައުންސިލްގެ އިދާރާއިންނެވެ.
އަދި، މިކަމަށް އެދި ހުށަހަޅާ ފޯމާއި ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ 21 ޖުލައި 2024 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގައި ކައުންސިލް އިދާރާގައެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ޝެޝަންއެއް ނޯންނާނެއެވެ. އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާ ނަމަ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:00 ން 14:00 އަށް މިކައުންސިލްގެ ނަންބަރު 6500038 އަށް ގުޅައިގެން އެކަމެއް ސާފުކުރެއްވުން އެދެމެވެ.
ބިމުގެ މަޢުލޫމާތު:-
# |
ބިން އޮތް ސަރަހައްދު |
ބިމުގެ ބާވަތް |
މުއްދަތު |
ބިމުގެ ބޮޑުމިން |
ދޫކުރެވޭ އެންމެ ކުޑަކުލި |
1 |
ހއ.އުތީމު ބަނދަރުގެ ހުޅަނގު ފަރާތުގައި |
ތެޔޮވިއްކާ |
25 އަހަރު |
2324 އަކަފޫޓު |
އަކަފޫޓަކަށް މަހަކު 0.75 ލާރި ( ފުރަތަމަ 5 އަހަރަށް ) |
ނޯޓް: މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.