ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު އަތޮޅު ވޮލީ މުބާރާތް 2024 އާއިގުޅޭ

އިޢުލާން

ކޮޅުމަޑުލު އަތޮޅު ވޮލީ މުބާރާތް 2024 އާއިގުޅޭ

ކޮޅުމަޑުލު އަތޮޅު ވޮލީ މުބާރާތުގައި ކިނބިދޫގެ އަންހެން ޓީމް މިއަހަރު ވަނީ ބައިވެރިވެފައެވެ. އަދި މިމުބާރާތުގެ ބައިވެރިވާ ކިނބިދޫ ޓީމުގެ އެންމެހައި ކަންކަން އިންތިޒާމްކޮށް ހިންގާނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 ޖުލައި 02 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މި ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2024 ޖުލައި 04 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ކައުންސިލަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ޖަމްޢިއްޔާ، ޖަމާޢަތްތަކަށެވެ. އަދި ބީލަން ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިއުމެއް ކައުންސިލަށް ހުށަހަޅަންވާނެއެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780031 ނަންބަރު ފޯނަށެވެ.

25 ޖޫން 2024
ހޯދާ