އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.މާމިގިލީ ވޮލީ ދަނޑުގައި ރޮސްޓްރަމް ބިނާކުރުން

މި އިދާރާއިން ދައްކާ ނަމޫނާއަކާއި އެއްގޮތަށް އދ.މާމިގިލީ ވޮލީ ދަނޑުގައި ރޮސްޓްރަމް ބިނާކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަންބޭނުން ވެގެން ކުރި މިއިދާރާގެ ނަންބަރު: (IUL)356/356/2024/36 ( 05 ޖޫން 2024 ) އިޢުލާނާއި ގުޅިގެން ހުށައެޅި އަންދާސީ ހިސާބުތަކުގެ ޑޮކިޔުމެންޓްތައް ފުރިހަމަނުވާތީ އެ އަންދާސީ ހިސާބުތައް ބާތިލް ކޮށް އަލުން މި މަސައްކަތްކޮށްދޭނެ ފަރާތެއްހޯދުމަށް ޢިޢުލާން ކުރަމެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ ބިޑުފޮތް ބައްލަވައިގަތުމަށް ދަންނަވަމެވެ. ބިޑުފޮތް ލިބިވަޑައިގަންނަވާނީ 2024 ޖޫން 25 ން 2024 ޖޫން 27 ވަނަ ދުވަހުގެ 12:30 އާއި ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރު 12:30 އާދެމެދު އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ނެވެ. ބިޑުފޮތެއްގެ އަގަކީ -/250 ރ ( ދުއިސައްތަ ފަންސާސް ރުފިޔާ ) އެވެ.  ބިޑް ހުށަހަޅުއްވާނީ 2024 ޖޫން 30 ވަނަ ދުވަހުގެ 13:00 ށް އދ.މާމިގިލީ ކައުންސިލްގެ އިދާރާއަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 7711722 އަށް ގުޅުއްވުން އެދެމެވެ. އަދި އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު އޮންނާނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ . 

24 ޖޫން 2024
ހޯދާ