މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއަށް ބޭނުންވާ ކާޕެޓް ކްލީނިންގ މެޝިނެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ
ނަންބަރު: (IUL)491-CDS3/491/2024/81
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއަށް ބޭނުންވާ ކާޕެޓް ކްލީނިންގ މެޝިނެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއަށް ބޭނުންވާ ކާޕެޓް ކްލީނިންގ މެޝިނެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހުޅުވާލަމެވެ.
- އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 01 ޖުލައި 2024، ހޯމަ ދުވަހުގެ މެންދުރު 1200ގެ ކުރިން ތިރީގައިވާ އީމެއިލް އެޑުރެސް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
- ބީލަމާއިގުޅޭ މަޢުލޫމާތު ސެޝަން 27 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
- ބީލަންހުށަހެޅުމާއި ބީލަންހުޅުވުން އޮންނާނީ 04 ޖުލައި 2024ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގައެވެ. ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ފަދައިން ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
މިމަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް މިވުޒާރާގެ ވެބްސައިޓް www.infrastructure.gov.mv ގައި އަދި މިއިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
- އަމީނީ މަގު، މާފަންނު
- ކ.މާލެ، 20392
- އީމެއިލް: [email protected]
19 ޛުލްޙިއްޖާ 1445ހ.
25 ޖޫން 2024މ.
25 ޖޫން 2024
ހޯދާ