މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމާއިގުޅޭ

މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ 12 އޮގަސްޓް 2024 ގައެވެ. އެގޮތުން ޒުވާނުންނަށް ޚާއްސަ ކުރެވިގެން  ޒުވާނުންގެ އިނާމު (Youth Award) ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރު ޒުވާނުންގެ އިނާމު (Youth Award) ތަފާތު 17 ދާއިރާއަކުން ދިނުމަށް ވަނީ ކަނޑައެޅިފައެވެ. ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުން ކުރާ އަގުހުރި މަސައްކަތްތައް  ފާހަގަކޮށް ހިތްވަރު ދިނުމުގެގޮތުން ދެވޭ އިނާމެކެވެ. އަދި މި އިނާމަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢުއަށް ފައިދާހުރި އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެގޮތުން ދެވޭ އިނާމެކެވެ. ޒުވާނުންގެ އިނާމު ލިބޭ ފަރާތްތަކަށް އިނާމުގެ ގޮތުގައި ޒުވާނުންނަށް ދެވޭ ޚާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ލިބިގެންދާނެއެވެ.

 ވީމާ ، މިއިނާމަށް ނަން ހުށަހަޅުއްވުމަށް ޝަރުތުހަމަވާ 18 އަހަރު ފުރި 36 އަހަރު ނުވާ ފަރާތްތަކުން، 04 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން  ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ ގޫގުލް ލިންކް: https://forms.gle/ULrpZrSs96jPhK6DA  ނުވަތަ އީމެއިލް [email protected]  މެދުވެރިކޮށެވެ. ނުވަތަ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް (ސޯސަލް ސެންޓަރ) ރިސެޕްޝަނަށެވެ. ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދި ހުށައަޅާ ފޯމް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 13:30 އަށެވެ. 

 މިހެންވެ މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

24 ޖޫން 2024
ހޯދާ