މަޤާމު:
|
އެސޯސިއޭޓް ކައުންސިލް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-397065
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
ޖީ.އެސް 4
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 2
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ، އއ.ރަސްދޫ
|
މުސާރަ:
|
މަހަކު، 5,020.00 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު، 1,500.00 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްވަރުވާގެ ޚިދުމަތް
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން، ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު، 700.00 ރުފިޔާ.
- ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި
ވާޖިބުތައް:
|
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
- ކައުންސިލުގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
- އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދެނެގަތުމަށް ޓްރެއިނިންގ ނީޑް އެސެސްމަންޓު ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
- ޓްރެއިނިންގ ނީޑް އެސެސްމަންޓުގައިވާ ތަމްރީނު ފުރުޞަތު މުވައްޒަފުންނަށް ހޯދައިދިނުމާއި، ލިބޭ ފުރުޞަތުތަކަށް މުވައްޒަފުން ފޮނުވުމުގެ ކަންކަމާއި، އޮންލައިން ޓްރެއިނިންގ ތަކުގައި މުވައްޒަފުން ބައިވެރިކުރުމާ ތަމްރީނުތަކުގެ ރެކޯޑު ބެލެހެއްޓުން.
- މަގާމުގެ މަސައްކަތާ ގުޅޭގޮތުން، އަތޮޅު ކައުންސިލާއި އަތޮޅުގެ ރަށު ކައުންސިލްތަކުގެ މުވައްޒަފުންނަށް ބޭނުންވާ ކުރުމުއްދަތުގެ ތަމްރީނުތައް ފާހަގަކުރުމާއި، ތަމްރީނުތައް ހިންގުމާގުޅޭ އެންމެހައި ކަންކަން ރާވައި އިންތިޒާމުކޮށް ހިންގުން.
- ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންސްޓިޓުޓްތަކުން ލިބޭ ތަމްރީނުގެ ފުރުޞަތުތަކަށް މުވައްޒަފުން ހޮވާނޭ ގޮތުގެ އުސޫލުތަކާއި، މިންގަނޑުތައް އެކުލަވާލައި ޢާންމުކުރުމާއި އެ އުސޫލާ އެއްގޮތަށް ޢަމަލުކުރުން.
- ދިގު މުއްދަތުގެ ތަމްރީނު ފުރުޞަތަކަށް ފޮނުވާނެ މުވައްޒަފުން ހޮވުމާއި، މުވައްޒަފުން ތަމްރީނަށް ފޮނުވުމާއި، ތަމްރީނު ކުރިއަށްދާގޮތް މޮނިޓަރކޮށް ބެލެހެއްޓުން.
- ތަމްރީނުތަކަށް ފަހު މުވައްޒަފުންގެ މަސައްކަތަށް އަންނަ ބަދަލުތައް ރިވިއުކޮށް، ތަމްރީނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ރާވާ އިންތިޒާމުކޮށް ހިންގުން.
- މުވައްޒަފުންނަށް ބޭނުންވާ ދިގުމުއްދަތުގެ ތަމްރީނުތަކުގެ ފުރުޞަތު، ރާއްޖޭއާއި ރާއްޖޭން ބޭރުގެ ޓްރޭނިންގ އިންސްޓިޓިއުޓްތަކުން ހޯދުމަށް މަސައްކަތްކުރުމާއި، އެފަރާތްތަކާއެކު އެމް.އޯ.ޔޫ ހެދުމާ ގުޅޭ އެންމެހައި ކަންކަން ރާވާ އިންތިޒާމުކޮށް ހިންގުން.
- ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ ކުރުމުއްދަތުގެ ތަމްރީނުގެ ފުރުޞަތުތަކަށް މުވައްޒަފުން ފޮނުވުމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް.
- ޓްރެއިނިންގ ރިކުއަރމެންޓުގައިވާ ޕްރޮގްރާމުތައް ހިންގުމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމެނުމަށް ބޭނުންވާ ތަފްޞީލު ތައްޔާރުކޮށް ބަޖެޓު އެކުލަވާލުމުގެ މަސައްކަތްކުރާ މުވައްޒަފުންނަށް ދިނުން.
- އަތޮޅު ކައުންސިލުން ރާވާ ހިންގާ ތަމްރީނުތަކަށް، ފެސިލިޓޭޓަރުން ހޯދުމާއި، ޓްރެއިނިންގ މެޓީރިއަލްސް ތައްޔާރު ކުރުމާއި، އިދާރީ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން.
- އަތޮޅު ކައުންސިލުން ރާވާ ހިންގާ ތަމްރީނުތަކާއި، އަތޮޅު ކައުންސިލުގެ އެހީތެރިކަމާއެކު ހިންގާ ތަމްރީނުތައް ހިންގުމަށް، ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމާގުޅޭ އެންމެހައި ކަންކަން ރާވާ ހިންގުން.
- އަތޮޅު ކައުންސިލުން ރާވާ ހިންގާ ތަމްރީނުތަކާއި، އަތޮޅު ކައުންސިލުގެ އެހީތެރިކަމާއެކު ދައުލަތުގެ މުއައްސަސާތަކުން އަތޮޅުގައި ހިންގާ ތަމްރީނު ޕްރޮގްރާމުތަކުގެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭ ކަންކަން ރާވާ ހިންގުން.
- ކޯސްފީ އާއި އެލަވަންސް ހަމަޖައްސައި ދިނުމަށް މުވައްޒަފުން ހުށަހަޅާ ހުށަހެޅުންތައް އެޗް.އާރ.އެމް.ޑީ ކޮމިޓީއަށް ހުށަހެޅުމާއި، ކޮމިޓީގެ ނިންމުމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ރާވާ އިންތިޒާމުކޮށް ހިންގުން.
- އާންމުންނާއި، ޒުވާނުންނާއި ސްކޫލްތަކުގެ ދަރިވަރުންނާއި، ސްކޫލް ނިންމާ ނުކުންނަ ކުދިންނަށް ބޭނުންވާ ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ފަރުމާކޮށް ރާވާ ހިންގުމާ ގުޅޭ އެންމެހައި މަސައްކަތް އިންތިޒާމުކޮށް ހިންގުން.
- ދިގުމުއްދަތާއި ކުރުމުއްދަތުގެ ތަމްރީނު ޕްރޮގްރާމުތަކުގެ ރެކޯޑާއި، ތަމްރީނު ކުރެވޭ މުވައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓުން.
- ދިގު މުއްދަތުގެ ތަމްރީނަށް ފޮނުވާ މުވައްޒަފުންގެ އެގްރީމެންޓްތައް ތައްޔާރު ކުރުން.
- ތަމްރީނަށްފަހު ބޮންޑު ކުރެވޭ މުވައްޒަފުންގެ ރެކޯޑް ތައްޔާރުކޮށް ބެލެހެއްޓުން.
- ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތައް ކުރުން.
- ކައުންސިލަރުންގެ އޮރިއެންޓޭޝަން ޕްރޮގްރާމާއި، ތަކާއި މަސައްކަތު ބައްދަލުވުންތަކާއި މަހާސިންތާތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- އަލަށް ވަޒީފާއާ ގުޅޭ މުވައްޒަފުންނަށް، މަގާމަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމު ކަނޑައެޅިފައިވާ އުސޫލުން ހިންގުމާއި، ޕްރޮގްރާމު ފުރިހަމަކުރާ މުވައްޒަފުންނަށް އެކަމުގެ ލިޔުން ދިނުމާއި، ޕްރޮގްރާމު ފުރިހަމަ ނުކުރާ މުވައްޒަފުންގެ މަޢުލޫމާތު، އެޗް.އާރަށް ފޮނުވުން.
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ، އެސެސްމަންޓާއި، މާކިންގ ކްރައިޓީރިއާ ތައްޔާރުކުރުމާއި، އެސެސްމަންޓް ދިނުމާއި އެސެސްމަންޓް މާކްކުރުން.
- އަތޮޅުގައި ހުރި ވަޒީފާގެ ފުރުޞަތުތަކަށް، މީހުން ތައްޔާރުކުރުމަށް ހިންގަންޖެހޭ ތަމްރީނުތައް ދެނެގަނެ، ތަމްރީނުތައް ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ސްކޮލަޝިފް، ފެލޯޝިޕް އަދި ޓްރެއިނިންގ ޓުއަރތަކާއި ގުޅިގެން ހުށަހެޅޭ މައްސަލަތައް ހިންގާ ބެލެހެއްޓުން.
- އެކިފަރާތްތަކުން ކުރިއަށްގެންދާ ތަޢުލީމީ ދިރާސާތަކަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ހުށަހެޅޭ މައްސަލަތައް ހިންގާ ބެލެހެއްޓުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
- މަތީ ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު އޭގެއިތުރުން 'ސެކަންޑަރީ ސްކޫލް ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ ތަޢުލީމީ ރޮނގުތައް: ނެތް
މަޤާމަށް ކަނޑައަޅާފައިވާ ޕްރިފަރޑް ޑިސިޕްލިން: ނެތް
މަޤާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިން: ނެތް
|
މަޤާމަށް ކަނޑައަޅާފައިވާ މަސައްކަތުގެ ދާއިރާތައް: އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
އަސާސީ ޝަރުޠު ހަމަވުމަށް:
|
30
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު:
|
5
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ:
|
5
|
އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) :
|
25
|
އިންޓަރވިއު:
|
35
|
މަޤާމަށް އައްޔަނުކުރެވޭނީ، ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 އިން ފެށިގެން މަތިން ޕޮއިންޓްލިބިފައިވާނަމަ އެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، 2024 ޖުލައި 01 ވަނަ ދުވަހުގެ، 13:30ގެ ކުރިން، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި، ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު އާއި އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި، ޕްރެކްޓިކަލް އިމްތިޙާނު އޮންނާނީ،2024 ޖުލައި 03 އާއި 2024 ޖުލައި 11 އާ ދެމެދު، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި ނުވަތަ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6660606 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (http://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|