އޮމަދޫ ސްކޫލް ތ.އޮމަދޫ
ދިވެހިރާއްޖެ
ވާރޭފެން ތާނގީތައް އެއް ފުރާޅެއްގެ ދަށަށް ބަދަލު ކޮށްދޭނެ ފަރާތެއް ހޯދުމަށް

އޮމަދޫ ސްކޫލް

ތ.އޮމަދޫ

ދިވެހިރާއްޖެ

އިޢުލާން

                                                     GS-178/IUL/2024/13              

ވާރޭފެން ތާނގީތައް އެއް ފުރާޅެއްގެ ދަށަށް ބަދަލު ކޮށްދޭނެ ފަރާތެއް ހޯދުމަށް   

      މި އިސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް،30  ދުވަހުގެ ތެރޭގައި ބޯފެން ރައްކައުކުރުމަށް ބޭނުންކުރާ ވާރޭފެން ތާނގީއަށް ވާރޭފެން ނޭގޭނޭގޮތް ހަދައި މަރާމާތު ކުރާނެ ފަރާތެއް ހޯދަންބޭނުން ވެއްޖެއެވެ.   މާކުސް ދޭއިރު ގިނަ މާކުސް ލިބޭނީ އެންމެ ކުރުމުއްދަތެއްގައި ނިންމަން ހުށަހަޅަފައިވާ ފަރާތަކަށެވެ. މާކުސް ދޭނެ ގޮތް މަޢުލޫމާތު ޝީޓްގައި ވާނެއެވެ.

 

      މި މަސައްކަތަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތަކާއި މައުލޫމާތު މައުލޫމާތު ޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ.

 

      ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން ބިޑް ރަޖިސްޓްރީ ކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފޯމު ދިވެހި ސަރުކާރުގެ ގެޒެޓުންނާއި މި އިސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ.   

މައުލޫމާތު ސެޝަން:

1 ޖުލައި 2024 13:00 ތ. އޮމަދޫ ސްކޫލް ހޯލުގައި

ބިޑް ރަޖިސްޓްރީ ކުރުން:

30 ޖޫން 2024 ހެނދުނު 11:00 ކުރިން ތ. އޮމަދޫ ސްކޫލް އޮފީހަށް

އަންދާސީ ހިސާބު ހުށަހެޅުން:

3 ޖުލައި 2024 ހެނދުނު  10:30 ކުރިން ތ. އޮމަދޫ ސްކޫލް އޮފީހަށް

 

ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މި މައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ 30 ޖޫން 2024 ގެ 14:00 ގެ ކުރިން އީމެއިލް ([email protected] )   އަށް ލިޔުމުން އެކަން ފޮނުއްވަވާ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.

18 ޛުލްޙިއްޖާ 1445

24 ޖޫން 2024 

24 ޖޫން 2024
ހޯދާ