މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
މަސައްކަތު (ސަޕޯޓް ސްޓާފް ގްރޭޑް 2)

އެމް.އެން.ޑީ.އެފް ގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރުމަށްޓަކައި، މި ދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

މަޤާމު:

މަސައްކަތު (ސަޕޯޓް ސްޓާފް ގްރޭޑް 2)

ބޭނުންވާ ދާއިރާ/ ޔުނިޓް

އެމް.އެން.ޑީ.އެފް ނޮދަން އޭރިޔާ، ޅ. މާފިލާފުށި ޕޯސްޓް

ޢާންމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ޅ. މާފިލާފުށި

ބޭނުންވާ އަދަދު

1

މުސާރަ

(މަހަކު) -/3،470 ރުފިޔާ  

ސަރވިސް އެލަވަންސް

(މަހަކު) -/1،000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ   

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

 

އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއެކު، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

ސިފައިންގެ މަރުކަޒުތައް ހިމެނޭ ސަރަޙައްދު ކުނިކަހައި ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، ގަސްތަކަށް ފެންދީ ހައްދައި ބެލެހެއްޓުމާއި، އަދި ސިފައިންކުރާ މަސައްކަތްތަކުގައި އެހީތެރިވުން.

އިތުރު މަޢުލޫމާތު:

މި މަޤާމުގެ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވައި 20 މޭ 2015 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ނުވަތަ ޅ. އަތޮޅު ކައުންސިލް އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342967 ނުވަތަ 3322601 އެކްސްޓެންޝަން ނަންބަރު 3157 ފޯނާ ގުޅުއްވުން އެދެމެވެ.

21 ރަޖަބު 1436

10 މޭ 2015
ހޯދާ