މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަނގޮޅިތީމު ޤަބުރުސްތާނު ސާފުކުރުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު

ރ. އަނގޮޅިތީމު ޤަބުރުސްތާނު ނޮޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 2023 މޭ 30 ވަނަ ދުވަހު މި އިދާރާގެ އިޢުލާން ނަންބަރު (IUL)301-PJ/301/2024/30 އިޢުލާނަށް ހުށައަޅާފައިވާ ކޯޓޭޝަންތަކުގައި މަސައްކަތް ނިންމަން ހުށައަޅާފައިވާ މުއްދަތަކީ މި މަސައްކަތައް އެންމެ އެކަށީގެންވާ މުއްދަތެއްކަމަށް ނުފެންނާތީ އެއިޢުލާން ބާތިލްކޮށް، ރ.އަނގޮޅިތީމު ޤަބުރުސްތާނު ސާފްކޮށްދޭނެ ފަރާތެއް ހޯދުމަށް، މަޢުލޫމާތު ފޯމް އަދި އިޢުލާނަށް އިސްލާހު ގެނައުމަށްފަހު ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

  • ·         އަންދާސީ ހިސާބު ހުށައެޅުމުގެ ދަޢުވަތު
  1. ރ.އަނގޮޅިތީމު ޤަބުރުސްތާނު ނޮޅަން ބޭނުންވެއްޖެއެވެ.

2. ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2024 ޖޫން 27 ވަނަ ދުވަހުގެ 13:30 ގެ ކުރިން މި އިޢުލާންގައި އެޓޭޗްކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް އަގު (ކޯޓޭޝަން) ހުށައެޅުމަށް އެދެމެވެ.

  1. މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު ގެޒެޓްގައި ހިމަނާފައި ވާނެއެވެ.

                      މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 6580071 ފޯނާ ގުޅުއްވުން ނުވަތަ ރަސްމީގަޑީގައި މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.

24 ޖޫން 2024
ހޯދާ