ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތައް ސާފުކުރުން

ރޯޑްކޯޕަރޭޝަން ވިލުފުށީ ސައިޓްގެ ފަރާތުން ރަށުގެ މަގުތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް މިހަފުތާގެ ތެރޭގައި އަލުން ފެށުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، މަގުގެ ދުވާރުމަތީގައި ބަހައްޓާފައިވާ ޖޯލިފަތިތައް ފިޔަވައި އެއްވެސް މީހެއްގެ މުދަލެއް މަގުމަތީގައި ބަހައްޓާފައިވާނަމަ، މިއަދުން ފެށިގެން 05 (ފަހެއް) ދުވަސް ތެރޭގައި އެތަކެތި ނަގައި ސާފުކުރުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އަންގަމެވެ.

އަދި މަތީގައި ދެންނެވުނު މުއްދަތުގެ ތެރޭގައި ނުނަގައި ހުންނަ ތަކެއްޗަކީ, އެތަކެތީގެ ވެރިފަރާތްތަކުން ބޭނުންނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމުގައިބަލައި، އެ ތަކެތި ނެގުމުގެ މަސައްކަތް މަގުތައް ސާފުކުރާ މުވައްޒަފުން ކުރިއަށް ގެންދާނެވެ. މިގޮތުން މުވައްޒަފުން މެދުވެރިކޮށް ތަކެތި ނެގުމުގައި ތަކެއްޗަށް ނުވަތަ ތަކެތީގެ ވެރިފަރާތްތަކަށް ލިބޭ ގެއްލުމަށް ޒިންމާނުވާނެކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

24 ޖޫން 2024
ހޯދާ